އެބޭކަލުންގެ ޖަނާޒާތައްވީ މިފަދައިންނެވެ. (ތިންވަނަބައި)
އަބޫ ޙާމިދު އަލްޣަޒާލީ ބަޔާންކުރިއެވެ. ” ދަންނާށެވެ! ޖަނާޒާ ތަކަކީ ދުރުވިސްނޭ މީހަކަށްވާ ޢިބްރަތެކެވެ. އދި ޣާފިލުކަމުގެ އަހުލުވެރިންނަށް އެކަމުގައި ހަނދާންކޮށްދިނުމެއް އަދި ހޭއަރުވާލުމެއް ވެއެވެ. އެހެނީ އެބައިމީހުން އަބަދުވެސް ޖަނާޒާއަކަށް ބަލަނީ އެހެން މީހެއްގެ ކަމެއްގެ ގޮތުގައެވެ. އެބައިމީހުން ޖަނާޒާއަށް ބަލައެވެ. އެކަމަކު އެބައިމީހުންގެ ނަފްސުތައް އެ ޖަނާޒާތަކުގައި އެއްވެސް ޝައްކެތްނެތި އުފުލޭނެކަމަށް ހީނުކުރެއެވެ. ނުވަތަ އެހެން ހީކޮށްފާނެއެވެ. އެކަމަކު ކައިރި މުސްތަޤުބަލެއްގައި އެމީހުންގެ ނަފްސުތައް ޖަނާޒާތަކުގައި އުފުލޭނެކަމަށް ހީކޮށް ފިކުރު ނުކުރެއެވެ. މިފަދައިން އެމީހުންގެ އުއްމީދުކޮށްގެން ތިބެއެވެ. ދެންފަހެ އެބައިމީހުންގެ އުއްމީދުތައް ގެއްލިގެންގޮސް، އިސާހިތަކު އެބައިމީހުންގެ ޒަމާން ފަނާވެ ނެތިގެން ދެއެވެ.”
[އިޙްޔާއު ޢުލޫމިއްދީން | 4/483]
ޘާބިތުލް ބުނާނިއްޔު ވިދާޅުވިއެވެ. “އަހަރުމެން ޖަނާޒާގައި ބައިވެރިވެގެން ދަމުއެވެ. ފަހެ މޫނު ފޮރުވައިގެން ކަރުނައަޅާ މީހެއް ނޫނީ އަހަރުމެންނަށް ނުފެނެއެވެ. އެކަމު މިއަދު އެބަޔަކު ކޮނޑުތަކުގެ މަތީގައި ސަންދޯއްވާ ޙާލުގައިވެސް އެތަނުން މީހަކު ހެނިކޮށް ތިބާއަށް ފެންނާނެއެވެ.”
[އަލްޤުބޫރު ލިއިބްނި އަބިއްދުންޔާ | 32]
ޙައުޝަބު ބްނު މުސްލިމު ވިދާޅުވިއެވެ. ” އަވަށެއްގައި މީހަކު މަރުވަނިކޮށް އަހުރެންނާއި ބައްދަލުވިއެވެ. ދެން ރޮއެ ހިތާމަކުރާލެއް ގަދަކަމާއި ގިނަކަމުން އެމައްޔިތާގެ ގާތް އެކުވެރިޔަކާއި އެނޫން މީހެއް ވަކިކުރާކަށް އެ ތަނަކުން ނޭނގެއެވެ. ދެން އެއަށްފަހު އެކަންކަމުގެ ބޮޑުބައި ގެއްލިއްޖައުމަށް ދާންދެން އަހުރެން ދުވަސްގަނޑެއް ވަންދެން ދިރިހުރީމެވެ.”
(ނުނިމޭ)
