ޚަބަރު

ހެންވޭރު ތަރަބޫޒު ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ހެންވޭރު ތަރަބޫޒު ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމް.އެން.ޑީ.އެފް އިން ވިދާޅުވާގޮތުގައި މި އަލިފާނުގެ ޙާދިސާގެ ރިޕޯރޓް އެ ޢިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 2.44 ހާއިރުކަމަށެވެ.

އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ހެންވޭރު ތަރަބޫޒު ގޭގެ އެއްވަނަ ފަންގިފިލާގައެވެ. އަލިފާނުގެ އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ، އެ ފަންގިފިލާގައިހުރި އެންގުރޭވު ކުރަން ބޭނުންކުރާ ލޭޒަރ މެޝިންތަކެއްގައި އަލިފާން ހިފައިގެން ކަމަށް އެމް.އެން.ޑީ.އެފުން ހާމަކޮށްފައިވެއެވެ.

ނާރެސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ މީހުން ދިރިނޫޅޭ ފަންގިފިލާއެކެވެ.

މި ޙާދިސާއާއި ގުޅިގެން 30 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި މިހާރު އެފަރާތްތައްވަނީ އަނބުރާ ގެޔަށް ބަދަލުކުރެވިފައިކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖުމެންޓް އޮތޯރިޓީގެ ފަރާތުން ކުރައްވާފައިވާ ޓްވީޓުގައި ހާމަކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close