ޚަބަރު

ކޮވިޑްޖެހިގެން ސީރިއަސްވެގެން މާލެގެނައި ދާންދޫ ޒުވާން އަންހެނަކު ނިޔާވެއްޖެ

ކޮވިޑުގައި ހާލު ސީރިޔަސްވެގެން، ގއ. ދާންދޫން މާލެ ގެނައި ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ މަރިޔަމް އިބްރާހިމް (މަރީ) އެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައެވެ.

މަރީގެ އާއިލާ މީހަކާއި ހަވާލާދީ ވަން އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޮވިޑުގެ އަލާމާތްތައް ފެނިގެން 16 ވަނަ ދުވަހު ސާމްޕަލް ނެގިއެވެ. ހާލު ދެރަވާން ފެށުމުން ދާންދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރީ އޭގެ ތިން ދުވަސް ފަހުން ކަމަށް ބުނެފައިވެއެެވެ.

މަރީގެ ހާލު އިތުރަށް ގޯސްވެ އެ އަތޮޅު ވިލިނގިލީގައި ހުންނަ ހޮސްޕިޓަލުންވެސް ފަރުވާ ހޯދާފައިވެއެވެ. މާލެ ގެނައީ ވެންޓިލޭޓަރު ގުޅިގެން ކަމަށާއި ފްލައިޓްތެރޭގައި ވެންޓިލޭޓަރުގެ ބެޓެރީ ދަށްވުމުން އޮކްސިޖަން ދިނުމަށް ޕަމްޕެއް ބޭނުންކުރި ކަަމަށްވެސް ވަންގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮވިޑުގައި އުމުރުން 28 އަހަރުގެ މަރީ ދުނިޔެ ދޫކޮށްފައިވާއިރު މިއީ ރާއްޖޭގައި ކޮވިޑުގައި ދުނިޔެ ދޫކުރި 181 ވަނަ ފަރާތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close