ޚަބަރު

އެމް.އެން.ޑީ.އެފްގެ ނައިޓް ފަޔަރިންގ ތަމްރީންތަކެއް ފަށަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ ނައިޓް ފަޔަރިންގ ތަމްރީންތަކެއް ފަށާވާހަކަ އެމްއެންޑީއެފުން ބުނެފިއެވެ.

މަތަމްރީނުތައް ފަށަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ޖުމުލަ 4 ދުވަހުގެ މުއްދަތަށެވެ.

މި ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހާއި، 2 ވަނަ ދުވާހައި 3 ވަނަ ދުވަހުގެ އިތުރުން ޖޫންމަހުގެ 5 ދުވަހުއެވެ. އަދި އެދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 5:00 ޖަހަންދެން މިތަމްރީންތައް ކުރިއަށްދާނީ ހުޅުމާލޭ އިރުމަތިން 7 ނޯޓިކަލް މޭލު ބޭރުގައެވެ.

މި ތަމްރީނަކީ ހަތިޔާރާއި، ޕައިކޯ ޓެކްނިކްސް ބޭނުންކޮށްގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނެކެވެ. އެގޮތުން މި ތަމްރީންތަކުގައި މެޝިން ގަން ބޭނުންކުރެވިގެންދާނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މި ތަމްރީންގައި 5000 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކަނޑުގެ ސަތަޙައިން ފެށިގެން 100 މީޓަރު އުސްމިނުގެ ސަރަޙައްދެއް ބޭނުންކުރާނެއެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނީ ހުޅުމާލޭގެ 7 މޭލު ބޭރެވެ.

އެހެންކަމުން މި ސަރަޙައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލްވެ، ދަތުރުކުރުމަށް މޯލްޑިވްސް ޓްރާންޕޯޓް އޮތޯރިޓީންވެސް ވަނީ އަންގާފައެވެ. ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެގޮތުން އެމް.އެން.ޑީ.އެފުން އަންނަނީ މިފަދަ ތަމްރީންތައް ސިލްސިލާގޮތެއްގައި ބާއްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close