ކަނޑުހުޅުދޫ ކޯޓުގެ ގާޒީގެވެސް ޖިންސީ ގޯނާގެ މައްސަލަތަކެއް
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަ މުގެ ބޮޑު ތުހު މަތު ކުރެވި އެ ކުއްޖާގެ ބައްޕައާއި، ކާފައާއި، އަދި މުނިކާފަ ހައްޔަރުކޮށް އެމައްސަލަ ތަޙްޤީޤުކުރަމުން ދާއިރު އެރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަންދީދީ އާ ގުޅޭ ގޮތުންވެސް ޖިންސީގޯނާގެ ބައިވަރު މައްސަލަތަކެއް ބަލަމުންދާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނު ހާމަކޮށްފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ އިސްމެޖިސްޓްރޭޓް ޙަސަންދީދީ އާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ފުރަތަމަ މައްސަލައެއް ހުށަހެޅިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
ޙަސަންދީދީ އާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކަކީ:
• މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ޤަވާއިދާއި ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ މައްސަލަ
• އިސްމެޖިސްޓްރޭޓް ޙަސަން ދީދީ އަވަގުރާނަ ގޮވިކަމަށްބުނެ ހުށަހެޅުނު މައްސަލަ
• އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
• ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާކަމަށްބުނެ ހުށަހެޅުނު މައްސަލަ
• ހެކިންގެ ބަޔާންނެގުމަށް ހުރަސްއަޅާކަމަށްބުނެ ހުށަހެޅުނު މައްސަލަ
• މާރާމާރީ ހިންގުމަށް ހިތްވަރުދިންކަމަށް ބުނެ ހުށަހެޅުނު މައްސަލަ
• ހުތުރު އެއްޗެތި ގޮވިކަމަށްބުނެ ހުށަހެޅުނު މައްސަލަ
މިމައްސަލަތަކުގައި އިސްމެޖިސްޓްރޭޓް ޙަސަން ދީދީ 18 ޖުލައި 2019 އަދި 23 ޖުލައި 2019 ގައި ކޮމިޓީއަށް ޙާޟިރުކޮށް އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅޭގޮތުން އެފަރާތުގެ ބަހެއް ހޯދާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާއިރު، އިސްމެޖިސްޓްރޭޓް ޙަސަން ދީދީ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމިޓީން ކުރަމުންދާ ތަޙުޤީޤަށް ހުރަސްތަކެއް އެޅިދާނެފަދަ ފުރުޞަތު އޮތްކަމެއް ކަމަށް ބެލެވޭތީ، ގާނޫނުގައި ބުނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުިވި އެވެ.
އަދި އޭގެ ފަހުން މި ތަޙްޤީޤުގައި ޖިނާއީ މައްސަލަތަކެއް ފާހަގަކުރެވުމާއި ގުޅިގެން، އެކަން 30 އޮކްޓޯބަރު 2019ގައި ފުލުހަށް ހުށަހެޅި ކަމަށާއި 31 އޮކްޓޯބަރު 2019ގައި ފުލުހުން ޙަސަން ދީދީގެ މައްސަލަ ބަލަން ފެށިކަމަށް އެންގުމުން، އޭނާ މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައި އެވެ.
ޙަސަން ދީދީގެ މައްސަލައިގައި މިހާރު މިކޮމިޝަނުން ކުރަމުން ގެންދަނީ ތަޙްޤީޤު ރިޕޯޓުގެ އެންމެފަހު މަރުހަލާގެ މަސައްކަތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.


Midhuvas kolhu most famous island is kanduhulhudhoo