ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 780 މީހުން
ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 780 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އިންތިހާއަށް ކޮވިޑް ކޭސްތައް ރާއްޖޭގައި އިތުރުވެ، މިއަދުގެ ކޭސްތައް 700އަށް ތިރިވެފައިވާއިރު އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،356 ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 780އެވެ.
މިއީ، އިއްޔެ ރާއްޖެއިން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 282 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ، 1،062 މީހުންނެވެ.
މިއަދު ޕޮޒިޓިވްވްވި ކޭސްތަކުގެ ތެރޭގައި މާލެ ސިޓީން ފެނުނު ކޭސްތަވެސް ވަނީ ނިސްބަތުން މަދުވެފައެވެ. އެގޮތުން މާލެ ސިޓީން މިއަދު ޕޮޒިޓިވްވީ 571 އެވެ. މިއީ، އިއްޔެ މާލެ ސިޓީން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 128 ކޭސްގެ މަދުވުމެކެވެ. އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ، 699 މީހުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،081 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 39،314 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،356 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 158 މީހުންވަނީ ނިޔާވެފައެވެ.

