“އުއްމީދާ އެކު” މިނަމުގައި އިސްލާމިކް މިނިސްޓްރީން ޕެނަލް ޑިސްކަޝަން އެއް ފަށަނީ
“އުއްމީދާ އެކު” މިނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން ޕެނަލް ޑިސްކަޝަން އެއް ފަށައިގެން ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީން އެ މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ހާމަކުރައްވާފައިވާގޮތުގައި މި ޕެނަލް ޑިސްކަޝަން ފެށުމަށް ހަމަޖެހިފައިވަނީ 31 މެއި 2021 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގައެވެ.
“އުއްމީދާ އެކު” ގެ ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އާއި ޑރ. ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން އާއި ޑރ. މުޙައްމަދު ހަނީފު އެވެ.
މި ޕެނަލް ޑިސްކަޝަން އިސްލާމިކް މިނިސްޓްރީގެ ޔޫޓިއުބް ޖެނަލުންނާއި ޕޭސްބުކް ޕޭޖުން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.


