ޚަބަރު

“ނަބިއްޔާގެ ދިފާއުގައި” ބޮޑު ހިނގާލުމެއް މާފަރުގައި ބާއްވައިފި

މިއުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ރަސޫލުﷲ ގެ ދިފާއުގައި ބޮޑު ހިނގާލުމެއް އިއްޔެ ހަވީރު ނ.މާފަރުގައި ބާއްވައިފިއެވެ.

މާފަރުގައި އޮންނަ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ މާފަރު ޑިވެލޮޕްމެންޓް ( އެސްއެމްޑީ ) އިން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ބޭއްވި ޚާއްސަ މިހަރަކާތަކީ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާއަށް ކުރެވޭ ފުރައްސާރައާއި މާފަރު ރައްޔިތުން ދެކޮޅުކަން ހާމަކޮށް ދެއްކުމުގެ ގޮތުން ބޭއްވި ހިނގާލުމެކެވެ.

މިހިނގާލުމުގައި އެރަށުގެ ކުދިބޮޑު ދެޖިންސްގެ ވަރަށް ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މިހިނގާލުމުގައި ބައިވެރިވި އެންމެންވެސް ތިބީ އެމްޑީއެންގެ ރިޕޯޓާއި، ދެކޮޅު ބެނާތަކާއި ލިޔުންތައް ހިފައިގެންނެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އަތޮޅުތަކުގެ އެކިރަށްރަށުގެ ކައުންސިލްތަކުން މިކަން ކުއްވެރިކޮށް ބަޔާން ނެރެފައިވާއިރު އެކިއެކިރަށްރަށުގަ  ވަނީ އެމްޑީއެން ކުއްވެރިކޮށް އެޖަމާއަތް އުވާލުމަށް ގޮވާލައި ހިނގާލުންތައް ބާއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close