ޒަމާނީ ތަޢުލީމުގެ ފެންވަރު ވަޒަންކުރުން
ތަޢާރަފް
ދުނިޔޭގެ ކަންތައްތައް ކުރިއަރަމުން ބަދަލުވަމުންދާ ބީދައިން އަޅުގަނޑުމެންގެ ޤައުމުގެ ތަޢުލީމުގެ ކަންތައްތައްވެސް ހީނުކުރާފަދަ ކުރިއެރުންތަކެއް ވަނީ ހޯދައިފައެވެ. އެގޮތުން 2015ގައި މިވަނީ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ މަންހަޖެއް ތަންފީޒުކުރެވިފައެވެ. މިގޮތަށް މިއާ މަންހަޖު ތަންފީޒު ކުރެވުނުއިރު އެންމެ ފާހަގޮއްލެވެނީ ދަރިވަރުންގެ ފެންވަރުވަޒަންކުރާގޮތެވެ. މިބަދަލުތައް މިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ “ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރާ އުސޫލު” ގައި ވަރަށް ސާފުކޮށް އޮޅުންފިލުވައިދީފައެވެ.
ފެންވަރުބަލާ ވަޒަން ކުރަނީ ކީއްކުރަން
ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރުމަކީ ވަރަށް ބޭނުންތެރިކެމެކެވެ. މިގޮތުން ފެންވަރުބަލައި ވަޒަންކޮށް ހޯދާ މަޢުލޫމާތުތައް އެކި ކަންކަމުގައި އެކި ގޮތްގޮތަށް ބޭނުންކުރެވެއެވެ. މިސާލަކަށް އެސެސްމަޓް މަޢުލޫމާތަކީ މުދައްރިސުން، ސްކޫލްގެ ބޭނުންތަކަށް، ބެލެނިވެރިންނަށް، ޕޮލިސީ ހަދާ މީހުންނަށް އަދި ކަރިކިއުލަމް ޑިވެލޮޕާރސް އަށް ވެސް ވަރަށް ބޭނުންތެރިއެއްޗެކެވެ. މި މައުލޫމާތުގެ ޒަރީއާއިން ދަރިވަރުން ކުރިއަށްދާންވީ ހިސާބު ފާހަގަކޮށް އެހިތެރިކަން ފޯރުކޮށްދެވޭނެއެވެ. ދަރިވަރުން ހުރި ފެންވަރާއި ، ނުކުރެވޭ ކަންކަމާއި، އޮޅުން އަރާ ކަންތައްތައް ފާހަގަ ކުރެވޭނެއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުންދާއިރު ޙާޞިލްވަމުންދާ މިންވަރު ކައިރިކައިރީން ބަލައި، އެހީތެރިކަންބޭނުންވާ ދާއިރާތައް ދެނެގަނެ އެދާއިރާތައް ފާހަގަކޮށް ދަރިވަރުންނަށް އހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ ފެންވަރުބަލައި ވަޒަންކުރުން
ޤައުމީ މަންހަޖުގައި އާއި އަދި ހަމަ އެފަދައިން “ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރާ އުސޫލު” ގައި ކަނޑައަޅާފައިވާ އެސެސްމަންޓް ގޮތްތަކަކީ އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) އާއި އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް) އެވެ. މިގޮތުން ފައުންޑޭޝަން ސްޓޭޖް (ޅަފަތުގެ ތަޢުލީމާއި ތަމްރީން މަރުހަލާ) އިންފެށިގެން ކީސް ސްޓޭޖް 2 އަށް ކުރިއަށްދާނީ ހަމައެކަނި އެސެސްމަންޓް ފޯ ލާރނިންގއެވެ. ކީސްޓޭޖް 3އަކުން ކީސްޓޭޖް 5އަކަށް ދެބާވަތުގެ އެސެސްމަންޓް ބޭނުންކުރެވޭނެއެވެ. އެއީ އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) އާއި އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް) އެވެ. މިކަރުދާސް ޚާއްސަކޮށްލާނީ އެސެސްމަންޓް ފޯ ލާރނިންގއާއި ބެހޭގޮތުން އެވެ. މިގޮތުން މިކަރުދާހުގައި މިބަލާލަނީ އެސެސްމަންޓް ފޯ ލާރނިނގ އަށެވެ (މިނިސްޓްރީ އޮފް އެޑިއުކޭޝަން، 2019).
އެސެސްމަންޓް ފޯ ލާރނިންގ ނުވަތަ ފޯމަޓިވް އެސެސްމަންޓް
“އެސެސްމަންޓް ފޯ ލާރނިންގ” ނުވަތަ “ފޯމަޓިވް އެސެސްމަންޓް”އަކީ ދަރިވަރު އުގެނި ދަސްކުރުމުގެ މަރުހަލާގައި ދަރިވަރަށް ޙާޞިލްވަމުންދާ މިންވަރު ދެނެގަނެގަތުމެވެ. ޙާޞިލްވިއަސް އަދި ނުވިއަސް އުގެނުން ފަހިކޮށްދިނުމަށްޓަކައި އެކަންކަމުގެ ސަބަބުތައް ހޯދައި އެދަރިވަރު ދެން ކުރިއަށްދާންވީ އެންމެ ފަސޭހަ މަގުތައް މުދައްރިސު ފަހިކޮށްދިނުމެވެ. އަދި މި ކަންކަން ކުރިއަށް ގެންދާނީ މުދައްރިސާއި ދަރިވަރާއި ގުޅިގެންނެވެ. މި ބާވަތުގެ އެސެސްމަންޓްގައި ދަރިވަރު ހުރިހިސާބުފާހަގަކޮށް ދާންވީ މިސްރާބު/ޓާރގެޓް ބުނެދެންވާނެއެވެ. ދަރިވަރު ކުރިއަށްދާންވީ މިންގަނޑުތައް ކަނޑައަޅައި، ދެން އުނގެނި ދަސްކުރަންވީ ބައިތައް ފުރިހަމައަށް އެނގޭގޮތަށް ދަރިވަރަށް ތަފްޞީލުކޮށްދީ އޮޅުންފިލުވައިދޭންވާނެއެވެ. ދަރިވަރު ހުރި ހިސާބު ވަރަށް ރަނގަޅަށް އިގޭނެއެވެ.
ޒަމާނީ އުކުޅުތަކާއި އުސޫލުތަކާއި އެސެސްމަންޓް ހަތިޔާރު ތައް މުދައްރިސުން ފުރިހަމައަށް ބޭނުންކުރަންވާނެވެ. މިސާލަކަށް ދަރިވަރުން ކުރާ މަސައްކަތް ތަފްޞީލުކޮށްކިޔައިދީ އޮޅުންފިލުވައިދޭންވާނެއެވެ. ކޮންގޮތަކަށް ބުނެދީގެން ނުވަތަ ކިޔައިދީގެންތޯ އެދަރިވަރަށް އެކަމެއް ކުރަންއެގެނީ ވަރަށްގާތުންބަލަންވާނެވެ. ދަރިވަރުކުރާ ކަންތައް ގާތުން ބަލަމުން ދިއުމާއިއެކު ކޮންމެ ދަރިވަރަކީވެސް އުނގެނި، ދަސްވެ، ކުރިއަށްދެވޭނެ ދަރިވަރެއްކަން އެދަރިވަރަށް ވިސްނައިދީ، އަމިއްލަ ނަފްސަށް އިތުބާރުކުރެވޭނެ ގޮތަށް މުދައްރިސުން ކަންތައްތައްކުރުމަކީ އެސެސްމަޓް ފޯ ލާރނިންގެ ވަރަށް މުހިންމު އަސާސްއެކެވެ.

މިބާވަތުގެ އެސެސްމަންޓްގައި ދަރިވަރު ކިލާހުގައި ހޭދަ ކުރާ ހުރިހާ ވަގުތެއްގައި ކުރާ ކޮންމެކަމަކީވެސް މުދައްރިސަށް ވަރަށް ބޭނުނެތެރި މަޢުލޫމާތެވެ. މިގޮތުން އުގެނުމާއި އުގަންނައި ދިނުމުގެ ތެރެއިން ދަރިވަރުގެ ފެންވަރު އަބަދުވެސްދާނީ ބެލެމުންނެވެ. މީގެތެރޭގައި ދަރިވަރުކުރާ މަސައްކަތްތަކާއި އެދަރިވަރު ކިޔެވުމާއި އުގަންނައިދިނުމުގެ ތެޜޭގައި ކުރާ ޢަމަލީ ތަޖުރިބާތައްވެސް ހިމެނެއެވެ. މިސާލަކަށް ދަރިވަރު އެފިލާވަޅު ކުރިއަށްދާއިރު މުދައްރިސްގެ ވާހަކަ އަޑުއަހައިގެން ވިއަސް ދައްކާ ވާހަކަތަކާއި، ބުނާއެއްޗަކާއި، ކިޔަމުންދާއެއްޗަކާއި، އަދި ލިޔުނު އެއްޗަކީވެސް އެސެސްމަންޓް ފޯ ލާރނިންގއަށް ވަރަށް ބޭނުންތެރި މުހިންމު މަޢުލޫމާތުތަކެވެ. ކިޔަވައިދިނުމުގެ ތެރޭން އަނގަ ބަހުން ކުރާ ސުވާލުތަކާއި ގްރޫޕްތެރޭގައި އާއި ވަކިން ދަރިވަރުން ކުރާ މަސައްކަތްތައް ވެސް ހިމެނެއެވެ. މުދައްރިސް ރާވައިފައިވާ ހަރަކާތްތަކަކީ ކޮންމެހެން އެހާ ރަސްމީ އެސެސްމަންޓް (ފޯރމަލް އެސެސްމަންޓް) ހަރަކާތްތަކަށް ވާކަށްނުޖެހެއެވެ. ކިލާހުގައި ކުރިއަށްދާ ނުރަސްމީ އެސެސްމަންޓް (އިންފޯރމަލް އެސެސްމަންޓް) އަކުންވެސް ފެންވަރުބަލައި ވަޒަންކުރެވިދާނެއެވެ (ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ،2015 ، 2014).
އުގެނުމާއި އުގަންނައި ދިނުމުގެ ޙަރަކާތްތައް ކޮންމެ ގޮތަކަށް ފަރުމާކޮށް ކުރިއަށް ގެންދިޔަ ކަމުގައިވިއަސް އުނގެނުމުގެ ޢަމަލީ މަސައްކަތް ގެންދާނެ ގޮތް ރާވައި އެބައިތައް ފުރިހަމަ ކުރާނީ ދަރިވަރުން އަމިއްލައަށެވެ. އަދި މުދައްރިސުން ފިލާވަޅުތައް ރާވާންވާނީ ދަރިވަރުންގެ އަމިއްލަ މަސައްކަތުން އެކުދިންގެ އަމިއްލަ އުގެނުން ބިނާ ކުރާ ގޮތަކަށެވެ. މިގޮތަށް ކިޔަވައިދިނުން ރާވާއިރު “ލެވް ވައިގޮޓްސްކީ” (ސައިކޮލޮޖިސްޓެއް) ގެ ތިއަރީ “ސޯޝަލް ކޮންސްޓްރަކްޓިވްޒަމް” އިން އެނގެނީ ދަރިވަރު އޭނަ އުޅޭމާހައުލުން ވެސް އޭނަ އުގެނޭނެކަމެވެ. އޭގެ ތެރެއިން އިވޭ އަޑުތަކާއި ދައްކާވާހަކަވެސް މިއީ އުގެނުމަށް މަގުފަހިވާ ކަންތައްތަކެވެ. އަދި ދަރިވަރަށް މާހައުލުންފެންނަ ކަންތައްތަކާއި ކުރާތަޖުރިބާތަކަކީވެސް އގެނުމެވެ. އެސެސްމަންޓް ފޯ ލާރނިން ބިނާވެފައިވަނީ މިތިއަރީއަށެވެ (ހެރީ ޓޯރަންސް އާއި ޖޯން ޕްރައޯ ،2002).
އެސެސްމަންޓް ފޯ ލާރނިންގ ގައި ދަރިވަރުން ކުރާ މަސައްކަތްތައް ރެކޯޑްކުރަންޖެހެއެވެ. މިގޮތުން މަދައްރިސުންނަށް ގެންގުޅެވިދާނެ ބައެއް ހަތިޔާރުތަކަކީ ޗެކްލިސްޓް، ރޭޓިންގސްކޭލް ޕޯރޓްފޯލިޔޯ އާއި އެނެކްޑޯޓަލް ރެކޯޑްސްއެވެ. އަދި ދަރިވަރުންނަށް ދެވިދާނެ ބައެއް ފޯރމަޓިވް އެސެސްމަންޓް ހަރަކާތްތަކަކީ އެސައިންމަންޓް، ޑެމޮންޓްރޭޝަން، މަޝްވަރާކުރުން ،އަތްތެރިމަސައްކަތް، މޮޑެލްހެދުން، ކޮންފަރެންސްތައް، ޕޯސްޓަރހެދުން، ޑައިރީގަ ލިޔާ ރިފްލެކްޝަންސްތައް، ރިޕޯރޓްލިޔުން، ހޯދުންހޯދައި ދިރާސާކުރުން، އެކިވައްތަރުގެ ހުށަހެޅުންތައް، ވީޑިއޯތައްޔާރުކުރުން، ބަސްދީގަތުން، ބަހުސްކުރުމާއި ސިމިއުލޭޝަންސް ފަދަ ހަރަކާތްތަކެވެ (ލައުރާ ގްރީންސްޓެއިން،2010).

އެސެސްމަންޓް ފޯ ލާރިނިންގެ ބައެއް ފައިދާތައް
އެސެސްމަންޓް ފޯ ލާނިންގ ސްކޫލުތަކުގައި ފުރިހަމައަށް ގެންދެވިއްޖެނަމަ ދަރިވަރުންނަށް ލިބޭނެ ފައިދާތައް ވަރަށްގިނަގުނައެވެ. އެންމެ މުހިންމުކަމެއްގެ ގޮތުން ދަރިވަރަށް ދެވޭ “ފީޑްބެކް” ހިމެނެއެވެ. އަދި ފީޑްބެކަކީ ވަރަށް ތަފްސީލްކޮށް ދެވޭ އެއްޗެކެވެ. އެއިގެން ދަރިވަރު ހުރި ހިސާބާއި ކުރިއަށް ދާންވީ ގޮތުގެ މަޢުލޫމާތުތައް ވަރަށް ރަނގަޅަށް ސާފުވެއެވެ. މީގެ އިތުރުންވެސް އެސެސްމަންޓް ފޯ ލާރނިންގ ސަބަބުން އުނގެނުމަކީ ދަރިވަރު އަމިއްލަ އަށް ކުރަން ޖެހޭ ކަމެއްކަން ގަބޫލުކޮށް އެކަމަށްދޭ އަހަމިއްޔަތުކަން ބޮޑުވެ ކިޔެވުމަށް ކުރާފޯކަސް އިތުރުވެއެވެ. ހަމައެއާއެކު އުގެނިދަސްކުރުމުން އެދަރިވަރަށްވެސް ކާމިޔާބު ލިބޭނެ ކަން އަމިއްލައަށް ވިސްނި ކާމިޔާބު ހޯދަން މަސައްކަތް ކުރާނެއެވެ. ދަރިވަރު ކުރިއަށް ދާންވީ ލަނޑުދަޑިތަކާއި މިސްރާބުތައް ސާފުވެ އެކަމަށް މަސައްކަތް ކުރާލެއް އިތުރުވެއެވެ. މިސާލަކަށް، އުގެނި ދަސްވުމުގައި ކުރިއަށްދާންވީ ގޮތްތައް އެދަރިވަރަށް އެނގި ކުރިއަށް ދާނީ ކިހިނެއް ކަންތައްތައް ކުރުމުންކަން ފަސޭހައިން އެގިގެންދެއެވެ. ދަރިވަރުން އުގެނެމުންދާއިރު މުދައްރިސުންނަށް ފަސޭހައިން އެދަރިވަރުން ޝައުޤުވެރިވާކަންކަން ފާހަގަ ވާނެއެވެ. (ޑިފަރެންޝިއޭޓެޑް ލާރނާރސް) ތަފާތު ފެންވަރުގެ ދަރިވަރުންނާއި، އެކި ގޮތްތަށް އުގެނޭ ދަރިވަރުންނާއި (ލާރނިންގ ސްޓައިލް) ، ޙާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މިބާވަތުގެ އެސެސްމަންޓްއިން ފައިދާ ކުރެއެވެ. މިހެންކަންތައް ކުރުމުން ދޭދޭ ދަރިވަރުންގެ މެދުގައި ހުންނަ ބޮޑު ފަރަޤު ފިލައެވެ. ނުވަތަ ދަރިވަރުންގެ މެދުގައި ހުނަނަ ތަފާތު ކުޑަކޮށްލައެވެ (މާރކް ޝާމިސް އާއި ފްރާންސިސް ،2011).
އެންމެ މުހިންމު އެއްކަމަކީ ޓެސްޓްކުރާތީވެ ދަރިވަރުން ހާސްވާ ހާސްވުންތަކާއި ބިރުވެރިކަން ފިލައިދެއެވެ( އާދަމް ޝަރީފް އުމަރު، 2006). މުދައްރިސުންނަށް ދަރިވަރުންނަށް އެހިތެރިކަން ފޯރުކޮށްދޭން އެގި މުޤައްރަރުން ދަރިވަރުންނަށް ޙާޞިލްވި މިންވަރާއި ޙާޞިލްކުރަންޖެހޭ ބައިތައް އެނގި ކުރިއަށްދާންވީ ގޮތްތައް ފުރިހަމައަށް އެގެއެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭންވީ ގޮތްތަކުގެ ޕްލޭންތައް ރާވައިލާން ފަސޭހައެވެ. މުދައްރިސުންގެ ކިޔަވައިދިނުމުގެ ވަށްޓަފާޅި/ގޮތްތައް، “ޕެޑަގޮޖީ” އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައި ޒަމާނީ ގޮތްތަކާއި ވަސީލަތްތައް ބޭނުންކުރެއެވެ. މި އެސެސްމަންޓަކީ ސީދާ ކޮށް ކިޔަވައިދިނުމާއި (އިންސްޓްރަކްޝަންސް) ގުޅިފައިވާ ކަމަކަށްވާތީ މުދައްރިސުންނަށް ދަރިވަރުން ކިޔަވައި ދެމުންދާ ވަގުތު އެސެސްކުރެވޭނެއެވެ. މިސާލަކަށް ދަރިވަރު ފިލާވަޅުތެރޭގައި ނަންބަރެއް ބޯޑުގައި ހަދާލާފައި ދައްކާލިއަސް އެއޮތީ ފެންވަރުވަޒަންކުރެވިފައެވެ. ފަހުން ކޮންމެހެން “ވޯކްޝީޓެއް”ނުވަތަ ކަރުދާހެއް ދީގެން ފެންވަރު ވަޒަންކުރާކަށްނުޖެހެއެވެ. އެގަޑީގައި ގްރޫޕްގައި އާއި އަދި ފޮތުގައި މީގެ އިތުރުން ތަމްރީން ވެސް ދަރިވަރުން ހދާނެއެވެ. މުދައްރިސްކުރަންވީ ކަމަކީ “އޮބްޒާރވްކޮށް” ނަމްބަރތައް އެ ދީފައިވާ ސްޓރެޓެޖީ ބެނުންކުރަން އެގޭތޯބަލައިލަންވީއެވެ. ނުވަތަ އެނަމްބަރު ހެދުމުގެ ހުރިހާ ސްޓެޕްސްތަކެއް އޭނައަށް އެގޭތޯ މޮނީޓަރކޮށް މުދައްރިސުގެ އެނެކްޑޯޓަލް ރެކޯޑްސްގައި ނޯޓްކޮށްލާނީއވެ (ލައުރާ ގްރީންސްޓެއިން،2010)..
އެސެސްމަންޓް ފޯ ލާރނިންގ ބޭނުންކޮށްގެން ކިޔަވައިދިނުމުން ދަރިވަރުން ކުރިއަރަމުން އަންނަގޮތް މުދައްރިސަށާއި، ދަރިވަރަށާއި އަދި ބެލެނިނިވެރިންނަށް ރަނގަޅަށް އެގެއެވެ.

އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) އާއި އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް) ހުރި ތަފާތު
| އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) | އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް) |
| އުގެނުމުގެ ތެރޭގައި ހިނގާކަމެއް އުގެނުން ކުރިއެރުވުމަށްޓަކައި އުގެނިދަސްވަމުންދާ މިންވަރު ކުރިއެރުވުމަށް މުދައްރިސާއި ދަރިވަރާއި އެކީގައި ކުރާކަމެއް ދޭދޭ ދަރިވަރުންގެ މެދުގައިވާ ފެންވަރުގެ ތަފާތު ކުޑަކޮށްދޭ ކަމެއް އުނގެނުމުގައި ދަރިވަރު ހުރިހިސާބުން އެހެން ހިސާބަކަށް ވާޞިލްވެވޭނެ މަގު ދައްކައިދޭކަމެއް ދަރިވަރު އަމިއްލަ ނަފްސާއި އަޅައިކިޔާނީސަމާލުކަން ދެވެނީ ދަރިވަރު ކަޑައްތުކުރި އެކި މަރުޙާލާތަކުގައި އުނގެނޭ ގޮތަށް | އުގެނުމަށްފަހުގައި ހިންގާކަމެއް އުގެނިދަސްވެއްޖެކަން ހެކިދެއްކުމަށްޓަކައި ދަސްވި މިންވަރު ވަޒަންކުރުމަށް ދަރިވަރު އެކަނި ކުރާކަމެއް (މުދައރިސުގެ އެހީނުލިބި) ދޭދޭ ދަރިވަރުންގެ މެދުގައިވާ ފެންވަރުގެ ތަފާތު ބޮޑުވާކަމެއް ދަރިވަރުން ވަޒަންކޮށް ތަފާތުތައް ދެނެގަނެ ފުޅާދާއިރާ އެއްގައި އެތަފާތު އަޅާކިޔާނެ. (ކްލާސް ލެވެލް، ގްރޭޑް ލެވެލް، ސްކޫލް ލެވެލް)ސަމާލުކަން ދެވެނީ ނަތީޖާ ނުވަތަ ލިބޭ މާކްސްއަށް |
އެސެސްމަންޓް ފޯ ލާނިންގ ގެ މައިގަޑު ބައިތައް
އެސެސްމަންޓް ފޯ ލާރނިން ފުރިހަމަ އަށް ގެންދާ ފިލާވަޅެއްގެމިފަސް ބައި ހިމެނޭނެއެވެ.
| އެސެސްމަންޓް ފޯ ލާނިންގ | Assessment for Learning |
| އުގެނި ދަސްކުރާބައިތައް ދަރިވަރުންނާއި ޙިއްސާކުރުން | Sharing of Learning Intentions |
| ދަރިވަރުން ކާމިޔާބުވާނެ މިންގަޑުތައް ޙިއްސާކުރުން | Sharing of Success Criteria |
| ފައިދާކުރުވަނިވި ”ފީޑްބެކް“ ދަރިވަރުންނަށް ދިނުން | Effective Feedback |
| ތަފާތު ދަރަޖަތައް ހިމެނޭ ސުވާލު ދަރިވަރުންނާއި ކުރުން | Effective Questioning |
| ސެލްފް އަދި ޕިއަރ އެސެސްމަންޓްގެ ހަރަކާތްތައް | Self and Peer Assessment |
އެސެސްމަންޓް ފޯ ލާރނިނ އިން ޖުމުލަކޮށް ނަތީޖާ މާނަ ކުރާނެ ގޮތް ( ސަމެޓިވް ޖަޖްމަންޓް)
މިއުސޫލުގެ ދަށުން އެސެސްމަނޓް ފޯ ލާރނިންގ ގެ ނަތީޖާތައް ދިރާސާކޮށް، މާނަކޮށް ނަތީޖާ ކަނޑައަޅާނީ ތިރީގައިމިވާ ބާވަތްތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. މި މަޢުލޫމާތުގެ ޒަރީއާއިން ނަގާ “ސަމެޓިވް ޖަޖްމަންޓް” އަކަށެވެ. މީގެ މާނައަކީ ޖުމުލަގޮތަކަށް ދަރިވަރުގެ ނަތީޖާ މާނަ ކުރުމެވެ. އެއީ
1. ދަރިވަރުން އޮބްޒާރވް ކޮށްގެން
2. ދަރިވަރުންނާއި އެކި ގޮތްގޮތަށް ކުރެވޭ މުޢާމަލާތްތައް
3. ދަރިވަރުންގެ މަސައްކަތްތައް
މިގޮތައް ނަތީޖާ މާނަކުރާއިރު ގިނަ ފަހަރަށް މުދައްރިސަށް ދަރިވަރުންގެ ފެންވަރު ހުނަނާނީ ކިޔަވައިދިނުމުގެ ތެރެއިން ފާހަގަ ކުރެވިފައެ.ވެ. ނަތީޖާ ކަޑައަޅާނީ މި މައުލޫމާތަށް ބިނާކޮށް ދަރިވަރާ ބެހޭގޮތުން ހަދާ “ކޮލިޓޭޓިވް އެނާލިސިސް” އަކަށެވެ. އެހެންކަމުން ދަރިވަރުގެ ކިޔެވުން މާނަކޮށް ލިޔެވޭނީ “ނެރޭޓިވް ސްޓޭޓްމަންޓް”ތަކެކެވެ. މިއީ ދަރިވަރުންގެ ތަފާތު ހުނަރުތަކާއި އެހެނިހެން ކުރިއެރުންތަކަށް ދެވޭ “ފީޑްބެކް” އަދި “ފީޑް ފޯވާރޑެ”ކެވެ. އެއިރުން ދަރިވަރުންނަށް “ނެކްސްޓް ލާރނިންގ ސްޓެޕް” ރަގަޅަށްއިގޭނެއެވެ. ޚާއްޞަކޮށް ފައުންޑޭޝަން އާއި ކީސްޓޭޖް1 އަދި 2 ގެ ކުދިންގެ ފެންވަރުބަލާ ވަޒަންކޮށް ނަތީޖާ މާނަ ކުރާނީ މިގޮތަށެވެ.
ރެފަރެންސް
- ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކެޝަން (2015) ފައުންޑޭޝަން މުގައްރަރު، މާލެ، ދިވެހިރާއްޖެ.
- ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (2014) ނެޝަނަލް ކަރިކިއުލަމް ފްރޭމްވޯކް، މާލެ، ދިވެހިރާއްޖެ.
- އާދަމް ޝަރީފް އުމަރު (2006) ފެނަވަރު ވަޒަންކުރުން، ދިވެހި ރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު، މާލެ، ދިވެހިރާއްޖެ
- މިނިސްޓްރީ އޮފް އެޑިއުކޭޝަން (2019)، ދަރިވަރުން ފެންވަރުބަލައި، ވަޒަންކުރުމުގެ އުސޫލު، މާލެ، ދިވެހިރާއްޖެ.
- ލައުރާ ގްރީންސްޓެއިން (2010)، ވަޓް ޓީޗަރސް ރިއަލީ ނީޑް ޓު ނޯ އެބައުޓް ފޯރމަޓިވް އެސެސްމަންޓް، USA,
- ހެރީ ޓޯރަންސް އާއި ޖޯން ޕްރައޯ (2002)، އިންވެސްޓިގޭޓިން ފޯރމަރޓިވް އެސެސްމަންޓް – ޓީޗިން، ލާރނިން އެންޑް އެސެސްމަންޓް އިންދަ ކްލާސްރޫމް، UK
- މާރކް ޝާމިސް އާއި ފްރާންސިސް (2011)، ކްލާސްރޫމް އެސެސްމަންޓް އިން އެކްޝަން ، މާރކް ޝާމިސް އާއި ފްރާންސިސް (2011)، ކްލާސްރޫމް އެސެސްމަންޓް އިން އެކްޝަން، UK

ވަރަށް ފައިދާހުރި މުހިއްމު މަޢްލޫމާތެއް ތިޔަ ޙިއްޞާކޮށްލެއްވީ.
Its a very informative writing. Thank you Niuma. In Maldives there are few things that we must assure. Assessment in competency based model is rather complicated and difficult. Students competency must be assessed based with evidences and teachers may use different varieties of assessments even for a single assessing component for different students. In this way i do find a huge variation in levels of achievement in different schools and in different regions of Maldives. National benchmark (grade level/key stage level standard) needs tp be drawn. And MoE must standardize learning in different regions and schools before its too late. Good luch and i am happy to see this writing.