އިސްރާއީލްގެ އަނިޔާވެރިކަމަށް ފޭސްބުކުން ކުރާތާއީދު އިތުރަށް ހާމަވެއްޖެ
ހައްދު ފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލްގެ ޖަމާޢަތުން ނިކަމެތި މުސްލިމް ފަލަސްތީނަށް ދެމުން ގެންދާ ރަޙްމުކުޑަ އަނިޔާތަކަށް ފޭސްބުކުން ތާއީދު ކުރާކަމާއި، އެ ޖަރީމާތައް ފޮރުވަން މަސައްކަތްކުރާކަން އިތުރަށް ހާމަވެއްޖެއެވެ.
ދިވެހިންގެ މެދުގައި ފޭސްބުކަށް ދެމުން އައި ޝައުޤުވެރިކަން ގެއްލި އެ ޕްލެޓްފޯމް މިފަހަރު ފަޟީޙަތްވެ އިތުބާރު އިތުރަށް ގެއްލިފައި މިވަނީ ބައި ލައްކައެއްހާ މެމްބަރުން ތިބި “މޯލްޑިވްސް ވިތް ފަލަސްތީން'” ގުރޫޕު ފޭސްބުކުން ބަންދުކޮށްލުމުންނެވެ.
ދިވެހި ޒުވާނުންތަކެއް އިސްވެ ހެދި، ފޭސްބުކް ގްރޫޕް، “މޯލްޑިވްސް ވިތު ފަލަސްތީން” އެއްވެސް އިންޒާރެއް ނެތި އެ ޕްލެޓްފޯމުން ބަންދުކޮށް ގެއްލުވާލައިފި އެވެ.
ދިވެހިން ފަލަސްތީނާއި އެކުގައި ތިބިކަން ސާބިތުވެގެންދިޔަ އެއްކަމަކީ ހަފްތާއެއްގެ ތެރޭ ބައިލައްކައާ ގާތް ކުރާ އަދަދަކަށް އެގުރޫޕަށް މެމްބަރުންއިތުރުވުމެވެ.
ފޭސްބުކުން އެ ގްރޫޕް އިއްޔެގެ ވަގުތެއްގަ ފުހެލައިފާވާއިރު، އެ ގުރޫޕުގެ އެއް އެޑްމިން އަދި ދިވެހި ޗެނަލްގެ ނޫސްވެރިޔާ މަރިޔަމް ޝިއުނާ އާއި ހަވާލަދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެ ޕޭޖް ފޭސްބުކުން ބޭންކޮށްލީ ޕަލަސްތީންއާ އެއްކޮޅަށް ބަސްބުނެ، އެގައުމުގެ ހާލަތު ދުނިޔެއަށް ފެންނަން ބޭނުން ނުވާތީ ކަމަށެވެ.
މިމަހު 15 ވަނަ ދުވަހު އުފެއްދި އެ ގުރޫޕުން، އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި ރާއްޖޭގައި ބާއްވަމުން އަންނަ ހުރިހާ ހަރަކާތްތަކެއް ފޮޓޯ، ވީޑިއޯ އަދި އެންމެފަހުގެ މައުލޫމާތު ލިބެން ހުއްޓެވެ.
މޯލްޑިވްސް ވިތް ފަލަސްތީން ގުރޫޕު ގެއްލުވާލި އިރު، ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމުތަކުން އިޒުރޭލްއާ ދެކޮޅު ހިޔާލުފާޅު ކުރާ މީހުންނާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ވެސް މި ދުވަސްކޮޅު އަންނަނީ ހުއްޓުވަމުންނެވެ. އެގޮތުން ސަލަފް ޖަމިއްޔާގެ އިސް މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެނާވެސް ވަނީ މީގެ ކުރިން ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ.
މިހިރަކަންކަމާހެދި ދިވެހިންގެ މެދުގައި ފޭސްބުކަށާއި، ޓްވިޓާއަށް އޮތް އިތުބާރާއި، ޔަޤީންކަން ދުވަހެއް ދުވަހަކަށް މިދަނީ ފަނޑުވަމުންނެވެ. އޭގެ އިތުރުން ޔަހޫދީންނަށް އެއްބާރުލުންދިނުމާއި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގާ ޖަރީމާތައް ފޮރުވަން މަސައްކަތްކުރާ މިންވަރު މިދަނީ މުޅިދުނިޔެއަށްވެސް ހާމަވަމުންނެވެ.


