ރާއްޖޭގައި ކޮވިޑް ކޭސްތައް މަދެއްނުވޭ، މިއަދުވެސް 1960 ޕޮޒިޓިވް
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވާ މިންވަރު މަދެއްނުވެއެވެ. މިއަދު އެކަނިވެސްވަނީ 1960 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 6،333 ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު ، 1960 މީހުންވަނީ މިއަދު ޕޮޒިޓިވްވެފައެވެ.
އޭގެ ތެރެއިން1518 މީހުންނަކީ މާލެ ސިޓީން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ރަށްރަށުން 431 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 11 މީހަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 123 މީހުންގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3 މީހުންދަނީ ކޮވިޑް ބަލީގައި ނިޔާވަމުންނެވެ.
