ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މާލެސިޓީ މޭޔަރ އަށް ބައްދަލުކުރުމަށް އެދެފި
ރާއްޖޭގައި އޮންނަ ދީނީ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މާލޭސިޓީ މޭޔަރ އާއި ބައްދަލުކުރުމަށް އެދެފިއެވެ. އެ ޖަމްޢިއްޔާގެ ފަރާތުން މާލޭސިޓީ މޭޔަރ އާއި ބައްދަލުކުރުމަށް އެދިފައިވަނީ ސިޓީއަކުންނެވެ.
ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މާލޭސިޓީ މޭޔަރ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ” ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން މާލެސިޓީގައި ހަރުދަނާކޮށް ރަނގަޅު ކުރަންޖެހޭ މުހިންމު ކަންކަން ހުރިކަން ފާހަގަކުރެވޭތީ އެކަންކަމާއި ގުޅޭގޮތުން މަނިކުފާނާ މަޝްވަރާ ކުރަން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބޭނުންވެއެވެ. “
އެ ސިޓީގައި މިކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި މޭޔަރ އަށް ވެވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތެއްގައި ބައްދަލުކުރެއްވުމަށްވެސް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެދިފައިވެއެވެ.
ޢިލްމުވެރިންގެ ގުޅުގެ ފަރާތުން އެ ސިޓީ މާލެސިޓީ މޭޔަރ އަށް ފޮނުވައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

