މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 741 މީހުން
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 741 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު ރެކޯޑް ކުރެވުނު ކޭސްތަކުގެ ތެރެއިން 515 ކޭސް އަކީ އިއްޔެގެ ހަވީރު 6 ން މިއަދު ހަވީރު 6 އަށް ނެގި ސާމްޕަލް ތަކުގެތެރެއިން ޕޮޒިޓިވް ވި ކޭސްތައް ކަމުގައެވެ.
މިއަދު ޢާއްމުކުރި މައުލޫމާތަށް ބަލާއިރު ގްރޭޓަރ މާލޭ އޭރިޔާއިން ވަނީ 560 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އަތޮޅު ތެރޭން 156 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެހެނިހެން ދާއިރާތަކުން 25 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
މިއަދަކީ ފާއިތުވި 8 ދުވަހުގެ ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

