ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނުވަތަ ދާއިރާތަކުގެ އިންތިޚާބު ފަސްކުރުމަށް އެޕާޓީން ނިންމައިފިއެވެ.

ގުޅުންހުރި ލިޔުންތައް

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިޚާބު ފަސްކުރަން ނިންމީ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާތީ މިއީ އެންމެ ރަނގަޅު ދަނޑިވަޅަކަށް ނުވާތީކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

އިންތިޚާބު ފަސްކުރިނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެކަމަށް އެމްޑީޕީގެ އޮފީހުން ބުންޏެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close