ޚަބަރު

ނޮޅިވަރަންފަރުންވެސް ހޮޅުއަށްޓެއްގެ ފުރާޅު އެއްލާލައިފި

ހދ.ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި ހުރި ހޮޅުއަށްޓެއްގެ ފުރާޅު އެއްލައިލައިފއެވެ.

ނޮޅިވަރަންފަރުން ވާހަކަދެއްކި މީހަކު ނާރެސް އަށް މަޢުލޫމާތު ދެމުން ބުނީ ފިނިމައިޒާނެއްގެ ގޮތުގައި ބޭނުންކުރާ އެ ހޮޅުއަށީގެ ފުރާޅު އެއްލައިލީ އިއްޔެ ހަވީރު ގާތްގަޑަކަށް 3:15 ހާއިރުއެވެ.

ގަދަވަޔާއި އެކު އައި ކޮޅިގަނޑެއްގައި އެ ހޮޅުއަށީގެ ފުރާޅު މާދުރަށް އެއްލައިލާފާވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި އިތުރު އެހެން އެއްޗަކަށްވެސް ގެއްލުމެއް ނުވެއެވެ.

ހީވަނީ ފުރާޅު ބަޔަކު ނަގައިގަނެގެން ގެންގޮސް ދުރުގައި ބައިންދާފައި އިންހެން. ނޮޅިވަރަން ފަރުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ބޮޑަށް މޫސުން ގޯސްވެފައިވަނީ އުތުރުގެ އަތޮޅު ތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close