ޚަބަރު

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި

މުޅިދުނިޔެއަށާއި، އަދި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ މިވާ ބޮޑު އިންސާނީ މުޞީބާތްކަމުގައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީއެހީތެރިންނާއި، އަދި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ރޭ ނެރުނު ދެންނެވުމެއްގައި ބުނީ ގައުމަށް ކުރިމަތިވެފައވާ މި ބޮޑު ކާރިސާ އިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އަދި އެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަންނަވަން އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.

“ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާތީ، ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،” ރައީސް އޮފީހުންގެ ދެންނެވުމުގައި ވެ އެވެ.

“މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،”

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އާއި ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތެވެ.

“މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،” ރައީސް އޮފީހުގެ ދެންނެވުމުގައި ބުންޏެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ޗީފްއޮފް ސްޓާފް ޢަލީ ޒާހިރު ސޮއިކުރައްވާ ރައީސް އޮފީހުން ނެރުއްވައިފައިވާ މިދެންނެވުން މިހާރުވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށްވެސް ފޮނުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close