ޚަބަރު

ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސް 500 އިން ދަށަށް ހިނގައްޖެ

ރާއްޖެއިން ކޯވިޑް-19 އަށް މިވަގުތު ފަރުވާ ހޯދާ މީހުންގެ އަދަދު 500 ވުރެ ދަށަށް ހިގައްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ކޯވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރޭ ބަލިން ރަނގަޅުވި 15 މީހުންނާއެކު މިބަލީގައި ޝިފާ ލިބުނު މީހުންގެ ޢަދަދު މިރާރުވަނީ 1863 އަށް އިތުރުވެފައެވެ. ބަލިޖެހުނު 2283 މީހުންގެ ތެރެއިން %81 އަށްވުރެ ގިނަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި މިޙުންނަށްވުރެ ބަލިން ރަނގަޅުވި މީހުން އިތުރުވުމާއެކު މިބަލީގައި ފަރުވާދޭ މީހުންގެ އަދަދުވަނީ 407އަށް މަދުވެފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 111 ދުވަސްވެފައިވާއިރު ބަލިޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ މީހުންގެ އަދަދުވެސް ދަނީ މަދުވަމުންނެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ބޮޑަށް ޕޮޒިޓިވް ކޭސްތައް ފެނުނު މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު މިހާރުމިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close