ޚަބަރު

ބެންގަލޫރު ޓީމް ރާއްޖެ ދޫކޮށް ދިއުމަށް މިނިސްޓަރ މަހްލޫފް ގޮވާލައިފި

އޭއެފްސީ ކަޕްގެ އީގަލް މެޗް ކުޅުމަށް ރާއްޖެއައި ބެންގަލޫރުގެ ފުޓްބޯޅަ ޓީމް ވަގުތުން ފުރައިގެން ރާއްޖެ ދޫކޮށްދިއުމަށް ސްޕޯޓްސް މިނިސްޓަރ އަޙްމދު މަހުލޫފު ގޮވާލައްވައިފިއެވެ.  

ރާއްޖެގެ ކުލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް ބެންގަލޫރުގެ އެ ޓީމުން މިހާރު ރާއްޖެ އައިސްފައިވާއިރު އެ ޓީމް ރާއްޖެދޫކޮށް ދާން މަހުލޫފު ގޮވާލެއްވީ އެޗްޕީއޭގެ ގައިޑްލައިނާއި އެޓީމުން ޚިލާފުވަމުންދާތީއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އަށް އިންޑިޔާގެ ޓީމެއް އައުމުން އާންމުންގެ ތެރޭގައި ދަނީ ފާޑުކިއުންތައް ކުރިމަތިވަމުންނެވެ.

ބެންގަލޫރު ޓީމް ރާއްޖެ އަށް ގެނެސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށާއި އޭއެފްސީގެ ގަވައިދުތަކަށް ތަބާވާންޖެހޭނެކަން އެންގުމައްފަހުގައެވެ. މައްސަލަ ހޫނުވީ ގަވައިދާ ހިލާފަށް ބެންގަލޫރު ކުޅުންތެރިން މާލޭގެ މަގުމަތީގައި އުޅޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. މި މައްސަލައިގައި މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއްމުންގެ ޕްރެޝަރާއެކު ވެސް އޭއެފްސީ ކަޕް ބޭއްވޭތޯ ބެލި ކަމަށާއި، އެކަމަކު ގައިޑްލައިނާ ހިލާފުވުމުން ބެންގަލޫރު ކުޅުންތެރިން ރާއްޖެ ދޫކޮށް މިހާރުން މިހާރަށް ދާންޖެހޭ ކަމަށެވެ.

“އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާ ހިލާފަށް ބެންގަލޫރު ޓީމުން އަމަލުކުރިގޮތް ބަލައެއް ނުގަނެވޭނެ. ބެންގަލޫރު ވީ އެންމެ އަވަހަކަށް ރާއްޖެ ދޫކޮށް ދާންޖެހޭ. މީގެ މަސްތަކެއް ކުރިން ބަހުގެ އިތުބާރު ދީ ކޮވިޑުގެ ކޭސްތައް ގިނަވެ އާއްމުންގެ ޕްރެޝަރު ކުރިމަތިވި އިރުވެސް މުބާރާތް ބޭއްވޭތޯ މި ބަލަނީ” މި މައްސަލައާ ގުޅިގެން މަހުލޫފް އެންމެ ފުރަތަމަ ކުރި ޓްވީޓްގައި ބުނެފައިވެ އެވެ

ބެންގަލޫރު އެފްސީ ކުޅުންތެރިން މަޑުކުރީ މާލޭގެ ހޮޓެލް ޖެންގައި ހުރިހާ ކުޅުންތެރިން ޓެސްޓް ކުރުމަށްފަހު ނެގެޓިވް ވުމުންނެވެ. ގަވައިދުގައި ވާގޮގުން މި ކުޅުންތެރިންނަށް ބޭރަށް ނިކުމެވޭނީ ހަމައެކަނި މެޗު ކުޅުމަށާއި ފަރިތަކުރުން ތަކަށް އެކަންޔެވެ.

އެފްއޭއެމްއަށް އަންގައިފިން ރާއްޖޭގައި މެޗު ނުކުޅެވޭނެކަމަށް އަދި ބެންގަލޫރު ޓީމު ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް. އޭއެފްސީ އާއި އެފްއޭއެމްއާ މަޝްވަރާ ކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރުމާމެދު ގޮތެއް ނިންމާނަން” މަހުލޫފް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close