ޚަބަރު

ރޭޕްގެ މައްސަލައިގައި ކުރަމުންދާ މުޒާހަރާ އިތުރަށް ހޫނުވެ ފުލުހުންގެ އިތުރު ފައުޖެއް ދަނީ

މެދުރާއްޖެތެރޭގެ ރަށެއްގައި ހަތަރު މީހަކު ވެގެން ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އެރަށުގައި ރައްޔިތުން ނުކުމެ ކުރަމުންގެންދާ މުޒާހަރާ އިތުރަށް ހޫނުވެ އެސްއޯ ފުލުހުންގެ އިތުރު ފައުޖެއް އެރަށަށް ދާކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.

ރައްޔިތުންނާ ފުލުހުންގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުން އިތުރަށް ގޯސްވަމުންދާތީ އެރަށް ދަރަވަންދޫއިން އެސްއޯ ފުލުހުންގެ ފައުޖެއް ދަނީ ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.   

މި މަހުގެ ތިން ވަނަ ދުވަހު ހިނގި އެ ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ. ހާދިސާ ހިނގި ގޮތް އެ ކުއްޖާ މިހާރު ވަނީ އާއިލާއަށާއި، ޖެންޑާ މިނިސްޓްރީއަށް ކިޔައިދީފަ އެވެ. މިހާރު އެ ކުއްޖާ ވަނީ މާލެއަށް ގެނެސްފަ އެވެ.

ހަތަރު މީހުން ވެގެން ކުއްޖާ ރޭޕް ކުރީ ގެސްޓްހައުސްއަކަށް ގެންދިޔުމަށްފަހު ކުއްޖާއަށް ޖޫސް ތައްޓެއް ދިނުމަށްފަހު ކަމަށާއި،  ބެލެވޭ ގޮތުގައި އެއީ ކޮންމެވެސް އެއްޗެއް އަޅާފައި ހުރި ޖޫސް ތައްޓެއް ކަމަށް އާއިލާއާއި ޙަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ހާދިސާ ހިނގި ރަށުން މައުލޫމާތު ދިން އާންމުންގެ މީހަކު ބުނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް ދޫކޮށްފައި ތިބުމުން ކަމަށެވެ.

އަދިވެސް، އެ ރަށުގައި ގިނަ އަދަދެއްގެ އާންމުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފޮލިސް ސްޓޭޝަނަށްވެސް ގެއްލުން ދީފަ އެވެ. ފުލުހުން ބުނީ އެ މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close