ޚަބަރު

މިހާތަނަށް ތަޙުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ރައީސް ނަޝީދަށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއް – ފުލުހުން

9 minutes ago

މިހާތަނަށް ތަޙުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރައިސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް ތަޙުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މިއީ ޓެރަރިޒަމްގެ ޢަމަލެއްކަމަށާއި ތަޙުގީގު ކުރިއަށް މިހާރު ގެންދަނީ އެފަދަ ޢަމަލެއްގެ ގޮތުގައިކަމަށެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ފޮރެންސިކްގައި ލިބެންހުރި ވަޞީލަތްތައް މިތަޙުގީގުގައި ބޭނުންކުރަމުން އަންނަކަމަށާއި މިވަގުތު ޔޫއެންއޯސީޑީގެ ފަރާތުން ރާއްޖޭގައި ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެބޭފުޅެއްގެ އެހީތެރިކަން މިތަޙުގީގަށް ލިބެމުން އަންނަކަމަށެވެ. އަދި ތަޙުގީގު އިތުރަށް ފުޅާކުރުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅުން މާދަމާ އައުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހާމަކުރައްވާފައިވާގޮތުގައި މިވަގުތުގައި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ މާލެތެރޭގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އެލަރޓް ލެވެލް ވަނީ މަތިކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާއި ގުޅިގެން އެސަރަޙައްދުން އެވަގުތު ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާނަމަ އެކަންކަން 9704000 އަށް ގުޅާ އެކަން ހިއްސާކުރުމަށް ފުލުހުންވަނީ އެދިވަޑައިގަންނަވާފައެވެ.

ރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ. ރައީސް ނަޝީދުގެ އިތުރުން މިހާދިސާގައި އިތުރު ބައެއް މީހުންނަށްވެސް އަނިޔާވިއެވެ. އޭގެތެރޭގައި ސިފައިންގެ 3 ބޭކަލަކުވެސް ހިމެނިވަޑައިގެންނަވައެވެ.

އެއް ކޮމެންޓް

  1. ,ތަހުގީގެއް ނުކުރިުަސް ސާފުކޮށް ފެންނަން އޮތް އެއްޗެއް ދޯ އެއީ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close