ސިއްޙަތު

ފުރަގަސްފަރާތުބަލި ހުރޭތަ؟ މިއޮތީ ހައްލެއް

ފުރަގަސްފަރާތުބަލި ނުވަތަ ޕައިލްސް މައްސަލައަކީ މިހާރު ވަރަށް ޢާއްމު ބައްޔެކެވެ. ޢާއްމު ގޮތެއްގައި މިކަމުގެ އުނދަގޫ ޒުވާނުންނާއި، ޢުމުރުން ދުވަސްވީ މީހުން ތަޙައްމަލު ކުރިޔަސް މަދުމަދުން ނަމަވެސް ކުޑަކުދިންނަށްވެސް މިމައްސަލަދިމާވާތަން އެބައާދެއެވެ. މިއީ ބަލި ޖެހިފައިވާ މީހަކަށް ނޫނީ އިޙްސާސްވެސް ނުކުރެވޭހާ ވޭނާއި، ތަދާއި ރިހުން ހުންނަ ބައްޔެކެވެ. އެހެންކަމުން މިކަމުގެ އަވަސް ރަނގަޅު ފަރުވާއެއް ހޯދުމަކީ މިއަދު ވަރަށް ގިނަބައެއްގެ އުންމީދެކެވެ.

ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭނގެއެވެ. ނަމަވެސް ފުރަގަސްފަރާތު ބައްޔާއި ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގެ އެތެރޭ ޕްރެޝަރު މަތިވުމާއި ގުޅުމެއް ވާކަމަށް ވަނީ ސާބިތުވެފައެވެ. އާންމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި ޖެހުމަށް ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި(veins) ތަކަށް އާދަޔާ ޚިލާފަށް ޕްރެޝަރު ބޮޑުވުމުންކަމަށް ސިއްޙީ ބޭފުޅުން ވިދާޅުވެއެވެ.

ބަނޑުހިކުމުގެ މައްސަލަ ހުންނަ ނަމަ ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވެ ފުރަގަސް ފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުކައިރި ކަހާ ހިރުވުމާއި، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ކުރިމަތިވެދާނެ ކަންކަމެވެ.

މިބަލި ފަސޭހަލުޔެއް ދާއިމަށް ހޯދުމަށްޓަކައި ތިރީގައިވާ ފަރުވާއަކީ ވަރަށް ރަގަޅު ފަރުވާއެކެވެ. މިފަރުވާ 3 ދުވަސްވަންދެން ދުވާލަކު ދެއިރު ކުރެވިއްޖެނަމަ ފުރަގަސްފަރާތު ބަލިން އިރާދަކުރެއްވިއްޔާ މުޅިން ފަސޭހަވާނެއެވެ. އެހެންނަމަވެސް މިފަރުވާ ކުރަންވާނީ ބަލީގެކުރީކޮޅު ގައެވެ.

ބޭނުންވާތަކެތި :

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ހުންނަހާ “އެޕްސަމް ސޯލްޓް” އާއި ހަމަ އެހާވަރުގެ ގުލިސަރިން ފޮދެއް.

ތައްޔާރުކުރާނެގޮތް:

މަތީގައިވާ ދެބާވަތް ރަގަޅަށް މިކްސް ކޮށްލާށެވެ. ރަގަޅަށް މިކްސް ކޮށްލުމުން ހުންނާނީ ކްރީމެއް ގޮތަށެވެ. ދެން އެކްރީމް ކޮޅު ސާފު މަޑު ފޮތިކޮޅެއްގައި ލައިފައި ފުރަގަސްފަރާތުގެ ދޮރުގައި ޖައްސާ ހަރުލައްވާށެވެ. މިގޮތަށް ގާތްގަޑަކަށް ބައިގަޑިއެއްހާއިރު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިގޮތަށް 3 ދުވަސްވަންދެން ދުވާލަކު 2 އިރު ހަދާށެވެ.

މިބޭސް ބޭނުންކުރާއިރު ސަމާލުކަންދޭންވީ ކަންތައް:

  1. ގިނަގިނައިން ދިޔާ އެއްޗެތި ބުއިމާއި، ފައިބަރު އެކުލެވޭ ކާނާ ބޭނުން ކުރުން
  2. ގިނައިރުތަކެއް ވަންދެން ކޮޅަށްނުހުރުން ނުވަތަ އިށީދެ ނުއިނުން
  3. ތާފަނާ ފެނުން ވީވަރަކުން ފެންވެރުން
  4. ކަސްރަތު ކުރުން

ނޯޓް:

އެޕްސަމް ސޯލްޓްސް އަކީ ކުޑިއެއްގެ ގޮތުގައި ބޭސް ފިހާރަތަކުންލިބެން ހުންނަ ބާވަތެއްގެ ލޮނެކެވެ. އެއީ ޖުއްލާބެއްގެ ގޮތުގައި ބޭނުން ކުރި މާއްދާއެކެވެ. މީގެ އިތުރަށް ބިލިގާއިން ފެންވަރާއިރު ފެންގަނޑަށް އަޅާ ބޭހެކެވެ. އޭގައި ގިނައަދަދަކަށް މެގްނީސިއަމް އެކުލެވޭ މާއްދާއެކެވެ.

ގުލިސަރިން އަކީ  އޮލަކޮށް ހުންނަ އެއްވެސް ކުލައެއް ނެތް ކުޑަފޮނިރަހައެއްލާ ބޭހަށް ބޭނުންކުރާ ފެނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close