ޚަބަރު

މަންދުކޮލެޖަށް 15 މިލިއަން ދޭން ނިންމުމުން އެމްޕީ އުޝާމް ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލްގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވެފައިވާތީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ގުޅުންހުރި ލިޔުންތައް

އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްކޮޅުން އުމުރު ދުވަހު އުޅުނު ވަޒީފާއިން ވަކިވާއިރު ލިބެމުން އައި ޕެންޝަންތައް ކަނޑާލާއި ބަޖެޓު މެނޭޖް ނުކުރެވިގެން އޮވާޑްރާފްޓްގެ މުއްދަތު އިތުރު ކުރަނީ ކަމަށެވެ. އަދި އަނެއްކޮޅުން ބޮޑުންގެ ތިމާގެ މީހުންނަށް މިލިއަނުން ބަދަލުދެނީ ކަމަށެވެ. އަދި އެބުނާ އިންސާފާ ހަމަހަމަކަމަކީ މިއީތޯވެސް އުޝާމް ސުވާލު ކުރައްވާފައިވެއެވެ.

މިހާލަތުގައި ރާއްޖޭގެ މާލީ ހާލަތު އޮތް އިރު އިބުރާ އަށް ބަދަލުދޭން އުޅޭތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެމްޕީ ޢަލީ އާޒިމްވެސް އެކަމާ ގުޅޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އާޒިމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ރައްޔިތުމީހާ އަނގަޔާ އަތާދިމާނުވޭ ، ބޮޑުންނަށް މިލިއަނުން ފައިސާ” މިހެންނެވެ.

އިބުރާ އަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގެ ބޭބޭފުޅަށްވާއިރު ފައްޔާޒުއާއި ރައީސް ސޯލިޙް އާއި އޮންނަ ގާތްގުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި އެކިގޮތްގޮތަށް ގިނަބަޔަކު އަންނަނީ ދައްކަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close