3 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި
އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ މީހެކެވެ. ފުލުހުން ވިދާޅުވީ އެ މީހާ ހައްޔަރު ކޮށްފައިވަނީ ރެގެ ވަގުތެއްގައިކަމަށެވެ.
މި ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ތަޙްޤީޤު ކުރަމުން ދާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ހާމަ ކުރައްވައިފައެވެ.
އެގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔަނެއްގައި ވިދާޅުވެފައި ވަނީ 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން، އެ މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ.
މީގެ އިތުރުން މިމައްސަލައައި ގުޅިގެން އެ ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާކަމަށާއި އަދި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށްވެސް ދައްކާފައިވާއިރު، ސައިކޮލޮޖިކަލް ރިޕޯރޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް ކުރަންދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތައް ގިނަ އަދަދަަށް ފާއިތުވި ދުވަސްތަކުގައި ވަނީ ފެންމަތިވެފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ 3 އަހަރުގެ މި ކުޑަ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން ކުރަމުން ދާކަމަށާއި، މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.



ތީކީ އެވެސް ކަމެވާބައެނޫ ތީ ދިވެހި ފުލުހުން ނަމުގައޮނަބަޔެ މިވީހާ ތަނަ ހަޔަރުން ދޫނުވެހުރި މީހެށް ނިކަން ދަކަބަލަ މުޅިން ތަރުފާލެކޭ އެގޮޔި ކިރުފެލާ ފެލާ ހުނި ނެރޭބަޔެ ބޯހަލާކު މުޅިން