ޚަބަރު

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.

މިއަދުގެ ހުކުރު ނަމާދު ވަގުތު ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވި މިމިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ވަގުތީ މިސްކިތެއް ބިނާކުރުމަށް ޛިކުރާ މިސްކިތް ހުރި ބިން ސާފުކުރަންފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ޒިކުރާ މިސްކިތްކުރިން ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް މިމަހުގެ 16 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަގުތީ މިސްކިތް ހަދާފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކަމަށެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ، ސްޓެލްކޯ، އެސްޓީއޯ، އާރްޑީސީ، އެމް.ޑަބްލިއު.އެސް.ސީ، އެޗްޑީސީ، ފަދަ ކުންފުނިތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ރޯދަ މަސް ފެށުމުގެ ކުރިން އަޅަން ފަށައިގެން ކުރިއަށް ދަނިކޮށް ސަގާފީ ބައެއް ތަކެއްޗާއި މިނި ކަށިތަކެއް ވަނީ ފެނިފައެވެ.

އެތަން ސާފުކޮށް މަސައްކަތް ފެށުމަށް ހެރިޓޭޖް މިނިސްޓްރީން ފަހުން ހުއްދަ ދީފައިވާ އިރު، އެތަނުގައި މިސްކިތް އަޅަން ފެށީ އިތުރު ކަށިތަކެއް ނެތްކަން ޔަގީން ކުރުމަށްފަހުއެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް ތަޅާލައި އެތަނުގައި އޮފީސް އިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ސަރުކާރުން ހަވާލު ކުރިނަމަވެސް މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close