ޕާޓީގެ ވިސްނުން އަލުން ރޭވުންތެރިކުރަން އަނަސް ގޮވާލައްވައިފި
މާލޭ ރައްޔިތުންގެ މައްޗަށް އެމްޑީޕީ އަލުން ކާމިޔާބު ހޯދަން، އެ ޕާޓީގެ ވިސްނުން އަލުން ރޭވުންތެރިކުރަން މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބުން ބަލިވި އެމްޑީޕީގެ އަނަސް އަބްދުއްސައްތާރު ގޮވާލައްވައިފި އެވެ.
އަނަސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ވަނީ އޭނާވަނީ ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާ ވާދަކޮށް އިންތިޚާބުގައި ބަލި ގަބޫލުކުރައްވައި، މުއިއްޒުއަށް މަރުޙަބާ ވިދާޅުވެފައެވެ.
މިހާތަނަށް ސާފުވި ނަތީޖާއަށް ބަލާއިރު، މާލެ އަށް އަބަދަށް ފެހި ކަމަށް ބެލެވުނު އެމްޑީޕީގެ މައްޗަށް، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ކާމިޔާބު ހޯއްދެއްވީ 60 ޕަސެންޓަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
މުއިއްޒު އާއި ޕީޕީޕީއެމުން އިންތިހާބު ކާމިޔާބުވިކަން އިއުލާންކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވިތާ އިރުކޮޅެއް ފަހުން އަނަސް ކުރެއްވި ޓްވީޓެއްގައި މާލޭގެ ރައްޔިތުން ބަސް ބުނެފި ކަމަށެވެ.
“އިންތިހާބުގެ ނަތީޖާ އަހަރެން ގަބޫލުކޮށް މުހިއްޒު ހޯއްދެއްވި ކާމިޔާބަށް މަރުހަބާ ކިޔަން،” އަނަސް ޓްވީޓްކުރެއްވި އެވެ.
އެމްޑީޕީ ކޯލިޝަނުން 2018 ގެ ރިޔާސީ އިންތިހާބު އަދި އެމްޑީޕީ އެކަނި ނުކުމެ 2019 ގެ މަޖިލިސް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރިއިރު އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަނަސް މައިދާނަށް ނުކުމެ ވާދަކުރެއްވި ފުރަތަމަ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު އޭނާ ވަނީ އެ ޕާޓީ އަށް އިލްތިމާސެއް ކުރައްވައިފަ އެވެ.
“މިރޭގެ ނަތީޖާއަށް އެމްޑީޕީ ބަލައި މާލޭ ރައްޔިތުންގެ މައްޗަށް ކާމިޔާބު ހޯދަން، ޕާޓީގެ ވިސްނުން އެބަޖެހޭ އަލުން ރޭވުންތެރިކުރަން،” އަނަސް ވިދާޅުވި އެވެ. “އަޅުގަނޑަށް ވޯޓު ދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.”
އެމްޑީޕީ އުފެދުނު ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބުތަކުގައި މި ނޫނީ އަބަދުވެސް އެ ޕާޓީން މާލޭން ބޮޑު ކާމިޔާބެއް އައީ ހޯދަމުންނެވެ. މިއަދު މޭޔަރުގެ ގޮނޑި ގެއްލުނުއިރު، ކައުންސިލުގެ މެޖޯރިޓީ ނުލިބޭނެކަން ވެސް މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.


އެމްޑީޕީ އަށްމިހާރުސަޕޯޓުގެއްލެނީ އައްނިގެންގުޅޭ އިސްލާމްދީނާއިދުރު ވިސްނުމާއި ނާޗަރަނގީގައި ޒުވާނުންޖައްސަން ގެންގުޅޭވިސްނުމުގެ ސަބަބުން ދެކިބަލަ އެމްޑީއެންއިން ނެރުނު އިސްލާމްދީނާއި ޚިލާފްރިޕޯޓް ނެރުނުއެއްމެން އެތިބީ ބޮޑަތިވަޒީފާތައްދީ ރައީސްއޮފީހާއި ޕޮލިހާއި ސްޕްރީމްކޯޓައްވައްދައިފަ މީކީދިވެހިން ބަލައިގައްނާނެކަމެއްނޫން އެކަމުގެ ހެއްކެއް މާލޭމޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓަށްގެއްލުމީ ދެން އައްނިއާ ވާދަކުރަން އެމްޑީޕީގެ މެމްބަރުންނަށްކެރޭނެ އެކަން ދެންއޮއްނަ އިލެކްސަންތަކުން ފެނިގެންދާނެކަމީ ޝައްކެއްހުރިކަމެއްނޫން….