ޚަބަރު

ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަން އިތުރު ކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދަމުންދާ ޕްރޮމޯޝަން 14 އެޕްރީލް 2021ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

“އަޅުގަނޑުމެން ކުރިއަށް މި ގެންދާ ޕޮރޮމޯޝަން އަށް  ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން  އަޅުގަނޑުމެން ބޭނުންވީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދޭން” ދިރާގު މެނޭޖަރ ކޮންސިއުމަރ ޕޯސްޓްޕެއިޑް އަދި އެފް.ބީ.ބީ ޖަނާ އިބްރާހިމް ވިދާޅުވިއެވެ. 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ފާގަތިކަން ހޯދައިދިނުމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3sn6daU

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close