ޚަބަރު

ލަންކާއިން ދިވެހިންނާ ސުވާލުކުރަނީ ލިޔެކިޔުން ފުރިހަމަނުވާތީ – އެމްބަސީ

ލަންކާއިން 6  ދިވެއްސަކު ލަންކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެފަދަމީހުންނާ ސުވާލުކަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންދަނީ އެއްވެސް ރަސްމީ ލިޔެކިޔުމެއްނެތި ލަންކާގައި ދިރިއުޅޭތީ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ޙަވާލާދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނސިޓްރީން ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިފަރާތްތަކަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށާއި މިވަގުތުވެސް އެމްބަސީގެ ކޮންސިއުލަރ ސްޓާފުން ލަންކާ ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެމްބަސީ މެދުވެރިކޮށް މިކަން ބަލަމުންދާކަމަށާއި ނަމަވެސް މިއީ ބަލަމުންދާ މައްސަލައަކަށްވާތީ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އަވައްޓެރި ސްރީލަންކާއަކީ ބޭސްފަރުވާއަށާއި، ތަޢުލީމު އަދި ޗުއްޓީ ހޭދަކުރަންވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ޤައުމެކެވެ. އަދި ލަންކާއަށް ދިރިއުޅުން ބަދަލުކޮށްގެންވެސް ގިނަ ދިވެހިންތަކެއް އުޅެމުންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close