ޚަބަރު
ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދުސަމާލު ނެރެފި
ގަޑިއަކު 19 އާއި 24 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް މިއަދުގެ 15:00 އާއި މިރޭގެ 21:00 އާއި ދެމެދު ގަޑިއަކު 19 އާއި 24 މޭލަށް ވައިގަދަވާނެކަމަށެވެ. އަދި އެގަޑީގައި ކަނޑުވެސް ގަދަވާނެކަމަށެވެ.



