އިބްރާގެ ހޫނު ރައްދެއް އެމްޑީޕީ ލީޑާރޝިޕަށް
ބުލީ ކުރުމަކީ އެމްޑީޕީ ލީޑާރޝިޕްގެ އާންމު ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އެމްޑީޕީގެ ލީޑަރ ޝިޕަށް ހޫނުރައްދެއް ދެއްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން މާލެސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރުގެ ޓްވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި އިބްރާ ވިދާޅުވީ ބުލީ ކުރުމަކީ އެމްޑީޕީ ލީޑާރޝިޕްގެ އާންމު ކަމެއް ކަމަށެވެ.
އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާލު ފާޅުކުރުމާއި، ތިމާ އެދޭ ފިކުރާއި، ވިސްނުމުގެ ވަކާލާތައް ހުރަސް އެޅުމަކީ، ބިރުދެއްކުމަކީ، އެ ހައްޤުތަކައް ހަނިކުރުމަކީ އެމްޑީޕީގެ ގޮތެއް ނޫން ކަމަށާއި، އެމަގަށް އެމްޑީޕީން އަދި ރައްވެހިފަތިސް ކެމްޕެއިންގައިވެސް ދުވަހަކުވެސް އަމަލު ނުކުރާނެ ކަމަށެވެ.
މިކަމަށް ރައްދު ދެއްވާ އިބްރާ ވިދާޅުވީ، ބުލީ ކުރުމަކީ އެމްޑީޕީ ލީޑަރޝިޕްގެ އާންމު ކަމެއް ކަމަށާއި، ރައީސް ނަޝީދު ނުރުހޭ ކަމެއްގެ ވާހަކަ ބުނެފިނަމަ ޕާޓީގެ ތެރެއިން ދެންކުރިމަތިވާނެ ކަންކަން އަނަސް އަށްވެސް ހަމަރަނގަޅަށް އިނގޭނެ ކަމަށެވެ.


