ޚަބަރު

ހިންނަވަރުވެސް މޮނިޓަރިންގެ ޙާލަތަށް ލައިފި

ޅ. ހިންވަރުން ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިން އަށްލައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ހިންވަރުން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސްކުރުމަށާއި ޕޮޒިޓިވްވި ކޭސްއާގުޅިގެން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއީ އެއްވެސް ކްލަސްޓާއަކާއި، ނުވަތަ ޕޮޒިޓިވް މީހަކާއި ދިމާވެފައިވާ މީހެއްކަން ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިންނަވަރުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެއަތޮޅު ނައިފަރާއި ފެލިވަރުންވެސް ވަނީ ކޯވިޑް-19 މީހުން ޕޮޒިޓިވްވެފައެވެ.

މިމަހުގެ 23 ވަނަ ދުވަހު ޅ.ނައިފަރުން ފެނުނު ކޯވިޑް-19އިގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ޖެހިގެންއައިދުވަހު ފެލިވަރު މޮނިޓަރިންއަށް ލާފައިވަނިކޮށް ފެލިވަރުން މިހާތަނަށް ވަނީ 66 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެއެވެ. މީގެ އިތުރުން ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވި މީހަކާއި، އޭނާގެ ދެ އެހީތެރިންނާއި، އިތުރު ބަލިމީހެއްގެ އެހީތެރިއެއްވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close