ޚަބަރު

ޅޮހިން ބަޔަކު ޕޮޒިޓިވް ވެގެން މޮނިޓަރިންނަށް ލައިފި

ނ.ޅޮހިން ތިންމީހުން ޕޮޒިޓިވުމުގެ ސަބަބުން އެ ރަށް މޮނިޓަރިންނަށްލައިފިއެވެ.

ޅޮހިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ހުރި މީހަކުކަންވަނީ އެނގިފައެވެ.  އެމީހާއަށް ކޮންޓެކްޓުވި ފަރާތްތަކުގެ ތެރެއިން ތިން މީހުން ވެސް އޭގެ ފަހުން ހެދި ޓެސްޓުން ވަނީ ޕޮޒިޓިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޅޮހިން ޕޮޒިޓިވް ވީ ތިންމީހުންވެސް ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ސާމްޕަލްނެގުމުންނެވެ. މި ތިންމީހުންގެ ތެރެއިން ބަޔެއް މީހުންނާއި ކޮންޓެކްޓުވި ފަރާތްތައް ރަށުގައި ތިބުމާއި ގުޅިގެން އެފަރާތްތައް އިއްޔެވަނީ ކަރަންޓީނު ކޮށްފައެވެ.

މިގޮތަށް ކަރަންޓީނުކުރި ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރިއިރު އޭގެތެރެއިން އިތުރު ތިންމީހުން ޕޮޒިޓިވުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ޅޮހިން މުޅި ޖުމްލަ 6 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ޅޮހި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކަރަންޓީނުގައި ހުއްނަ ފަރާތްތަކުން އެކީގައި ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ބޭރުން މީހުންނާއި ބައްދަލުކޮށް ހެދުމަކީ މަނާކަމެކެވެ. މިގޮތަށް ބައްދަލުކުރުމުގެ ސަބަބުން މީގެ ކުރިންވެސް ބަޔެއް ރައްތަކުގައި ކޮވިޑް-19ވަނީ ފެތުރިގެން ގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close