ޚަބަރު

މަތީ ތަޢުލީމުގެ ލޯނު ދޫކުރުމަށް ބޮޑުބަދަލެއް

މަތީތަޢުލީމަށް ލޯނު ދޫކުރުމުގައި މިފަހަރު ވަރަށް ބޮޑު ބަދަލެއް ގެންނަވާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީ ފަހަރުތަކާއި ޚިލާފަށް މިފަހަރު މަތީ ތައުލީމަށް ދޫކުރާ ލޯނު ދޫކުރާއިރު ރާއްޖޭގެ ކޮންމެ ރަށަކަށް ވަކިވަރެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ  ރަކައުންސިލަށް ކުރިމަތިލާފައިވާ ބައެއް ރަށްރަށުގެ ކެންޑިޑޭޓުންނާއެކު ރޭ އެމްޑީޕީ އޮފީހުގައި ވާޗުއަލްކޮށް ބޭއްވެވި ކެމްޕެއިން ބައްދަލުވުމެއްގައި ގއ އަތޮޅު ކައުންސިލުގެ ކެންޑިޑޭޓަކު ސުޓޫޑެންޓް ލޯނުގައި ބައެއް ރަށްރަށުގެ ކުދިން ލައްވާ ނުލާތީ އެކަމުގެ ޝަކުވާ އަންނަ ކަމަށް ވިދާޅުވެ ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. މިސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު އޮންނާނީ ވަކި ރަށަކަށް ވަކިވަރެއް ކަނޑައަޅަން ނިންމާފައި ކަމަށެވެ.

“ސުޓޫޑެންޓް ލޯނު މިފަހަރު އަޅުގަނޑުމެން ނިންމާފައި އޮންނާނީ ކޮންމެ ރަށަކަށް ވަކި ވަރެއް ކަނޑައަޅަން. އެހެންވީމާ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއިން މިފަހަރު ލޯނު ދޫކުރާއިރުގައި ކޮންމެ ރަށަކަށް ވަކި ވަރެއް، ކޮންމެ އަތޮޅަކަށް ވަކި ވަރެއް އަދި ދާއިރާތައްވެސް ކަނޑައެޅިފައި އޮންނާނީ.” ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް 770 ފުރުޞަތައް މިމަހުގެ 11 ވަނަ ދުވަހު ވަނީ ހުޅުވާލާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވާ ދަރިވަރުންނަށް 471 ފުރުސަތާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 290 ފުރުސަތެވެ. މިފަހަރު މަތީ ތަޢުލީމުގެ

ލޯނަށް ކުރިމަތިލުމަށް ދީފައިވަނީ ތިން ހަފްތާގެ މުއްދަތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close