ޚަބަރު

ދިރާގު ސްޓްރީމިންގ ބަންޑަލްތަކުގައި މިހާރު ޓިކްޓޮކް ހިމެނޭނެ

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ ސްޓްރީމިންގ ބަންޑަލްސް އިން މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ “ޓިކްޓޮކް” ވެސް ބަލާލެވޭނެއެވެ. މި ސްޓްރީމިންގ ބަންޑަލްގައި ހިމެނޭ އެހެން އެޕް ތަކުގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިންގ އެޕްލިކޭޝަންތައް ހިމެނެއެވެ.

މި ބަންޑަލްތައް މަދުވެގެން 65 ރުފިޔާ އަށް 5 ސެޕްޓެމްބަރ 2020 އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ.

Streaming BundlesPriceAllowance (GB)ValidityKeyword
Stream 4GB6545 daysSTR-4GB
Stream 10GB2501030 daysSTR-10GB
Stream 25GB3752530 daysSTR-25GB

މި ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް “ކީވޯރޑް” އެސްއެމްއެސް ކުރައްވައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.  

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަޤުބޫލު އެޕެކެވެ. މި އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތް ތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް އެކަންޔެއް ނޫނެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާވެސް ހޯދެއެވެ. ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ.  

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close