ޚަބަރު

ގިނަ ދިވެހިން ތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި އަލަމްގިރް ހައްޔަރުކޮށްފި

ގިނަ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ ފާހިޝް އާމަލުތައް ވީޑިއޯކޮށް ހެދި ބަނގުލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގިރް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެސްޓުހައުސްގައި ހުއްޓާ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އަލަމްގިރި ހައްޔަރުކުރި ނަމަވެސް އޭނާ އާއި އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.


އަލަމްގިރް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް މިކަމުގެ މައުލޫމާތު ކަމާބެހޭ އިދާރާއަކުން ހިއްސާކޮށްފައެއް ނުވެއެވެ.

އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. އެއެންމެންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ.

އެއް ކޮމެންޓް

  1. ބަަލައެމީހުންމިސްކިތުގާ އަޅުކަންކުރަންތިއްބަތަ އަލްމުގުރި އެމީހުންގަޔަންއަރާގަތީ އެމީހުންގެ އަބުރުނަގާގާލއެމީހުންއަމިއްލަޔަކަންނު އިލްމުވެރިޔާގެވާހަކަ ހންނަގޮތުންބޮލައް އުދަގޫވޭ ބޮޑެތިފާފަވެރިންހިމާޔަތް ކރުމުގާވެްސްހައްދެއް އޮންނަންވާނެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close