އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނުގެންނާނަން – ރައީސް ނަޝީދު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހަށް އެއްވެސް ބަދަލެއް މަޖިލީހުން ނުގެންނާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އިންތިހާބު ބާއްވާ ތާރީޚަށް ބަދަލު ނުގެންނާނެކަން އިލެކްޝަންއަށް އަންގާ ކަމަށެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ އެލެކްޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އޭޕްރީލް 10 އެއްގައި އިންތިހާބު ބޭއްވުމަށް ދަތިވާތީ އެ ތާރީހު ފަސްކުރުމަށް މަޖިލީހުގެ ލަފަޔަކަށް އީސީން ވަނީ އެދިފަ އެވެ.
” އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އެބައޮތް ސިޓީ ފުޅެއް ފޮނުއްވާފައެވެ. އަޅުގަދު މިއަދު ހެނދުނު އަމީން އާއްމުކައިރީ ދަންނަވައިފިން މީ މިކަން އަޅުގަނޑު ދަރިފުޅުގެ ހޯމް ވީކޭ މިއެކެވޭ އެއްވަރޭ.އެއްވެސް ނުހަދާންވީ ނުހެދެންވީ އެތައް ގޮތެއް ދަރިފުޅު ކިޔާދޭ އަޅުގަނޑަށް. އަޅުގަދު ކޮމިޝަނާއި އޮފް އިލެކްޝަންސް އަށްވެސް އަދި ހުރިހާ ހޯމްވޯކް ހަދާކުދިންނަށްވެސް ދަންނަވާލާނީ މިހާރު އެއޮޓި ހޯމް ވޯކް ދީފައެވެ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އިތުރރު ގޮތެއް މިއަކު ނެތޭ. މި އިންތިޚާބު މިއޮތް ދުވަހު އިރާދަކުރެއްވިޔާ އޮންނާނެ. އަޅުގަނޑުމެން އެކަމަށް އިރާދަކުރެއްވިޔާ ބަދަލެއް ނުގެންނާނެ.” މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
