ޚަބަރު

މާވަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބިލްގެ ލޯގޯ ކުރެހުމުގެ މުބާރާތް ހުޅުވާލައިފި

ލ. މާވަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބިލްގެ ލޯގޯ ކުރެހުމުގެ މުބާރާތް ހުޅުވާލައިފިއެވެ. ހުށައަޅާ ލޯގޯތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ލޯގޯއެއް ރަންޔޫބިލްގެ އެކިޙަރަކާތްތަކުގައި ބޭނުންކުރަން ވަނީ ހަމަޖެހިފައެވެ. 1 ވަނަ އަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް -/5000 (ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ލޯގޯ ހުށައެޅުމުގެ ސުންގަޑިއަކީ 20 ޖޫން 2019 އެވެ. އީމެއިލް މެދުވެރިކޮށްވެސް ލޯގޯ ހުށައެޅޭނެއެވެ. އީމެއިލް ކުރައްވަނީ [email protected] އަށެވެ. އީމެއިލް ކުރައްވާ ލޯގޯތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށެވެ.

ފަރުމާ ކުރެވިފައިވާ ލޯގޯ އަކީ މާވަށު ސްކޫލް ރަމްޒުކޮށްދޭ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ސްކޫލުން ކަނޑައަޅާ ކުލަތައް ލޯގޯއިން ފެންނަން ހުންނަން ވާނެއެވެ

ފަރުމާ ކުރެވިފައިވާ ލޯގޯ އަކީ މާވަށު ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެހިފައިވާ ލޯގޯއެއްކަމަށް ދޭހަވާން ވާނެއެވެ. ރަންޔޫބިލް ފުރޭ ތާރީޚަކީ 30 އޯގަސްޓް 2020 އެވެ.

ފަރުމާ ކުރެވިފައިވާ ލޯގޯ އަކީ މީގެ ކުރިން އެއްވެސް ފަރާތަކުން ބޭނުން ކޮށްފައިނުވާ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯ އަކަށް ވާންވާއެވެ.

ލޯގޯ ފަރުވާކުރުމަށް ކޮމްޕިޔުޓަރ ސޮފްޓްވެއަރ އެއް ބޭނުން ކުރެވިދާނެއެވެ.

ފަރުމާ ކުރެވިފައިވާ ލޯގޯ އޮންނަން ވާނީ A4 ސައިޒު ގަނޑަކަށް ފެތޭ ގޮތަށެވެ. ހާޑް ކޮޕީ ހުށައަޅަންވަނީ ކުލަކޮންނެވެ.

މިލޯގޯ އަކީ 50 ވަނަ އަހަރީދުވަހާ ގުޅިގެން ބޭއްވޭ އެކި ޙަރަކާތްތަކުގައި ބޭނުންކުރާ ލޯގޯއަކަށް ވާތީވެ ފަރުމާކުރެވިފައިވާ ލޯގޯ ފަސޭހަކަމާއިއެކު ސައިޒު ބަދަލުކޮށްލެވެން ވާނެއެވެ. އަދި ސޮފްޓް ކޮޕީ ހުށައަޅާނަމަ ވެކްޓަރ ފޯމެޓްގައި ސޭވް ކުރަންވާނެއެވެ.

ލޯގޯ ހޮވިއްޖެނަމަ އެޑިޓްކުރެވޭ ފަދަ ސޮފްޓް ކޮޕީއެއް ސްކޫލަށް ހުށަހަޅަން ވާނެއެވެ. ލޯގޯ ހުށައަޅާއިރު ކުރެހުންތެރިޔާ ލޯގޯ މާނަ ކުރާގޮތްވެސް ސްކޫލަށް ހުށައަޅަންޖެހޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close