ޚަބަރު

ޢަލީ ވަހީދު ބޭހަށް ފުރާވަޑައިގަތުމުން ހައިލަމް ކަންބޮޑުވުން ފާޅުކުރައްވައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ސިއްހީ ހާލުކޮޅުހުރި ގޮތުން ބޭހަށް ލަންޑަނަށް ވަޑައިގެންނެވުމުން ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ހައިލަމް ކަންބޮޑުވުން ފާޅުކުރަށްވާފައިވަނީ ޓޫރުޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަ ކުރުން ފަދަ ބޮޑެތި ތުހުމަތުތަކެއްގައި ދަޢުވާ އުފުލާފައިވާ ކުރީގެ ވަޒީރު އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމާއެކު ރާއްޖެ ދޫކޮށް ފުރައިފައިވާ މައްސަލައިގައެވެ.

އަލީ ވަޙީދު ރާއްޖެ ދޫކޮށް ފުރުމާއެކު ހައިލަމްވަނީ ‏10 މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދު ނުކުރީ ކީއްވެގެންތޯ ސުވާލު ކުރަށްވާފައެވެ. އަދި މިއީ މީގެ ކުރިންވެސް މިމައްސަލައިގެ ޝަރީއަތުގެ ތެރެއިން މިފަދަކަމެއް ދިމާވުން އެކަށީގެން ވެދާނެކަމެއް ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވެ ވަޑައިގެން ހައިލަމް އުފައްދަވާފައިވާ ސުވާލެކެވެ.

މިމަމައްސައިލައިގައި ޢަލީ ވަޙީދު ފިއްލެވުން ފަދަ ކަމެއް ދިމާވެގެން އޭނާ ޝަރީޢަތަށް ޙާޟިރު ނުކުރެވިއްޖެނަމަ ޕީޖީއާއި ޕޮލިސް ކޮމިޝަނަރ އިސްތިއުފާ ދެއްވަންޖެހޭނެ ކަމެއް ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.

އެހާ ބޮޑެތި އަދި ހައްސާސް ތުހުމަތު ތަކެއް ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޕީޖީން ކޯޓުގައި އެދިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ޕީޖީއަށް އަމާޒުވެފައިވާއިރު އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލުމާއެކު ވަގުތުން ފުރައިގެން ދިއުމަކީ ސަރުކާރާއެކު ހަދާފައިވާ “ޑީލް” އެއްގެ ތެރެއިން ހިނގާ ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ..

ރައީސްގެ ތަރުޖަމާނު މަބްރޫކް ވެސް ވިދާޅުވީ އަލީ ވަހީދު ފުރާވަޑައިގެންނެވިކަން އެނގިވަޑައިގަތީ ނޫހުން ފެނުނު ޚަބަރަކުން ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close