ޚަބަރު

ނަމާދަށް ހުރި މީހާއަށް ހަމަލާދިން މީހާ ޑީޕޯޓް ކޮށްފި

ހުޅުމާލެ މިސްކިތެއްގައި ހުރި ދިވެއްސަކަށް ހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓް ކޮއްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިޔާ މީހާގެ މައްސަލަގެ ތަހުގީގް ނިންމައި މިދިޔަ ހަފްތާ ތެރޭގައި ވަނީ ޕީޖީއަށް ފޮނުވައިފައި ކަމަށެވެ.

އަދި އެމީހާ ޑީޕޯޓް ކޮއްލުމަށް ޕީޖީއިން ނިންމުމާއި ގުޅިގެން އެމީހާ ވަނީ އިމިގްރޭޝަން އާއި ހަވާލުކުރެވިފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ ހަމަނުޖެހުން ހިނގާފައިވަނީ އަސުރުނަމާދު ވަގުތު ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައިކަމަށެވެ.

ހަމަލާދިން މީހާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ބެލެވޭކަމަށް އެވަގުތު މިސްކިތުގައި ތިބި ބައެއްމީހުން ވަނީ ބުނެފައެވެ. އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ އެ މިސްކިތަށްއެރި އުމުރުން ދުވަސްވީ ދިވެއްސަކު ނަމާދުކުރަން ގޮނޑިއެއްނެގުމުން، އެކަމާ އެ އިންޑިއާ މީހާ ހިތްހަމަ ނުޖެހިގެންކަމަށް މަންޒަރުދުއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑިޔާ މީހާ ޑިޕޯޓްކޮށްލުމާއި ގުޅިގެން ، އެމީހާ ފޮނުވާލީ އެމައްސަލަ ނުބަލާކަމަށާއި، އެކަން އެދިޔައީ ދާންވީ ރަނގަޅު މަގުން ނޫންކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close