ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއި

ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ އިރުއޮއްސުންތަނާ އެނބޫދޫ ފިނޮޅުކައިރި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެކްސިޑެންޓްގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވި ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 20:41 ގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން އެއް މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުންނެވެ.

ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން ގެނައި ލޯންޗެއްގައި ވަނީ މާލެ ގެނެސްދީފައެވެ. އަދި އެކްސިޑެންޓްވި ލޯންޗު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށުން ވަނީ މާލެ ގެނެސްދީފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ޙާދިސާ އިތުރަށް ތަހްގީގު ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close