ކުރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުވައިފި
ކުރިސްމަސް ދުވަހުގެ ތަހުނިޔާ އެކަކު އަނެއްކަކަށް ފޮނުވުމަކީ އިސްލާމްދީނާއި ބީރައްޓެހި އަދި ކުރުން ހުއްދަވެގެންވާނެ ކަމެއް ނޫންކަމަށްބުނެ ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވާހަކަފުޅު ދައްކަވައިފައި ވަނިކޮށް ނަސޯރާއިން އީސާ އަލައިހިއްސަލާމް ދުނިޔެއަށް އުފަންވި ދުވަސްކަމަށްބުނެ ފާހަގަ ކުރާ ކުރިސްމަސް ދުވަހުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް ނަޝީދު ފޮނުވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިސްމަސް ދުވަސް ފާހަގަކުރާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުވާ ކަމަށެވެ.
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުﷲ މިމައުޟޫގައި ވިދާޅުވީ، ކުރިސްމަސް ދުވަހުގެ އަސްލަކީ ކުރިސްޓިއަނުން ގަބޫލުކުރާ ގޮތުގައި އެދުވަހަކީ ﷲ ގެ ދަރިކަލުން އީސާ އަލައިހިއްސަލާމް އުފަންވެ ވަޑައިގެއްނެވި ދުވަސް ކަމަށެވެ. ނަމަވެސް، އެގޮތަށް ގަބޫލު ކުރުމަކީ މީހާ ކުފުރުގެ ދަރަޖައަށް ގެންދާ ކަމެއް ކަމަށެވެ. ވީމާ މުސްލިމަކު ކުރިސްޓިއަނަކަށް އެގޮތަށް ވިޝް ކުރާނަމަ އޭގެ މާނައަކަށް، ތިމައްނާވެސް ތިބާގެ އަގީދާ ގަބޫލު ކުރަމޭ ބުނުން ކަމަށް ވެދާނެ ކަމަށެވެ. ވީމާ ރަހުމަތްތެރިކަން ދެމެހެއްޓުމަށްވެސް މިފަދަ ކަންކަން ނުކުރުމަށް ޑރ. އިޔާޒު ނަސޭހަތްތެރި ވެފައި ވެއެވެ.

Ahmadhuge ves cristian faadhireen bestfriendunge gothugai thibeynama wishkurees.
ބަލަ ނަޝީދަކީ ތިނަޝީދުގެ ނުފޮރޮއްޕާން ނުފޯޜާ ހަމަ އެއްވެސް ކަމެއް މިޤައުމުގަ ނެތީތަ؟