ޚަބަރު

މަސްވެރިކަމަކީ ދިވެހި އިޤްތިޞާދުގެ ފުރަތަމަ ތަނބު – ޣައްސާން

މަސްވެރިކަމަކީ ދިވެހި އިޤްތިޞާދުގެ ފުރަތަމަ ތަނބު ކަމަށާއި، ކަނޑުގެ ރޯއްޖަށް ބަރޯސާވާ މިންވަރު އިތުރުކުރުމުގެ މުހިއްމުކަން މި އަހަރު ސާބިތުވެއްޖެ ކަމުގައި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޣައްސާން ވިދާޅުވީ މަސްވެރިކަމަކީ ޤައުމުގެ ލޭނާރު ކަމުގައެވެ. އަދި އެއީ ދިވެހި އިޤުތިޞާދުގެ ފުރަތަމަ ތަނބު ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.

ހަމައެހެންމެ ޣައްސާންވަނީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން މަސްވެރިންނަަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތި ހާލަތާއެކު މަސްވެރިކަމުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުކުރުމުގެ މުހިއްމުކަން އެނގިއްޖެ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފަޚުރުވެރި މަސްވެރިންނަށް ހިތްޕުޅުގެ އަޑިން ވިދާޅުވާ ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close