ޚަބަރު

މަސްތުވާތަކެތީ ބޮޑު އޮޕަރޭޝަނެއް ކުރިއަށްދަނީ – ސީޕީ

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފަރީދީ މަގުގެ ވަކި ސަރަޙައްދެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކާރެއްގެތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށާއި އަދިވެސް އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބަލަމުންދާކަމަށް ކޮމިނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފަރީދީ މަގުގެ ވަކި ސަރަޙައްދެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކާރެއްގެ ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުން ބަލައި ފާސްކުރި ކާރަކުން 6 ސޫޓު ކޭހާއި ދެ ގޯނީގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ތަކެތި 70 ކިލޯއަށްވުރެ ބަރުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިމައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަދިވެސް ފުލުހުންގެ އޮޕަރޭޝަން ކުރިއަށްދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން އެއްގަމާއި ކަނޑުގައި ފެށި އޮޕަރޭޝަނެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދުވަނީ ފާހަގަކުރައްވާފައެވެ. އަދި މިއޮޕަރޭޝަނާއި ގުޅިންހުރި އިތުރު މަޢުލޫމާތު އޮޕަރޭޝަނާއި ގުޅުންހުރި ތަޙުގީގީ މަސައްކަތްތައް ނިމުމުން ހާމަކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close