ޚަބަރު

ދިރާގުގެ ‘އާރުބީ ކުއެސްޓް’ ގޭމް ކުޅެގެން ހީވެސް ނުކުރާފަދަ އަގުހުރި އިނާމްތަކެއް

ދިރާގުގެ އޭއާރް ގޭމިން އެޕްލިކޭޝަން ‘އާރުބީ ކުއެސްޓް’ ކުޅެގެން ހީވެސް ނުކުރާފަދަ އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ހުޅުވާލައިފިއެވެ.

އަލަށް ފެށި މި ޕްރޮމޯޝަނުގައި މަމެން ކަސްޓަމަރުންނާއެކު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އިތުރު ކެރެކްޓާތައް ހިމެނޭ އާރުބީ ކުއެސްޓްގެ އައު ވާޝަން ފަރުމާކޮށްފައިވަނީ ‘ޝޫޓް، ސްކޯ އެންޑް ވިން’ ސްޓައިލްއަކަށެވެ. ދިރާގުގެ މަމެން ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހުގައި މި ގޭމު ކުޅެގެން ލިބޭ ބޯނަސް ޑޭޓާ މަމެން އެޕްލިކޭޝަނަށް ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.

ދިވެހި ކޮންމެ ނެޓްވޯކެއްގައި މި ގޭމު ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، އަގުހުރި އިނާމު ލިބޭ ލީޑާބޯޑުގައި ވާދަކުރެވޭނީ ދިރާގު ކަސްޓަމަރުންނަށް އެކަންޏެވެ.

ދިރާގުން ބުނީ އިނާމު ލިބޭނީ މާޗު ހަވަނަ ދުވަހުގެ ނިޔަލަށް ހިނގާ ތިން މަހުގެ މުއްދަތުގައި ކޮންމެ މަހަކު އެއްފަހަރު ލީޑާބޯޑުގައި އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތަށް އިނާމެއް ލިބޭނެ ކަމަށެވެ. އެ ފަރާތްތަކަށް ލިބޭ އިނާމުތަކަކީ؛

ފުރަތަމަ މަސް: އައިފޯން 12 ޕްރޯ މެކްސް (128 ޖީބީ)

ދެވަނަ މަސް: ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ

ތިންވަނަ މަސް: ސެމްސަންގް ގެލެސްކީ އެސް20 ޕްލަސް

މި ގޭމު އެޕަލްގެ އެޕް ސްޓޯ އަދި ގޫގްލް ޕްލޭސްޓޯއިން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ. އަދި އޭއާރު ކިޓް ހިމެނޭ އެޕަލް ފޯނުތަކާއި އޭއާރު ކޯ ޓެކްނޮލޮޖީ ހިމެނޭ އެންޑްރޮއިޑް ހުރިހާ ފޯނަކުން ވެސް މި ގޭމު ކުޅެވޭނެ އެވެ.

އާރުބީ ކުއެސްޓްއާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ދިރާގުގެ ވެބްސައިޓަށް ޒިޔާރަތް ކޮށްލައްވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close