ޑިސްޕްލޭ މައްސަލަ ޖެހޭ އައިފޯންތައް އެޕަލްއިން ހިލޭ ހަދައިދެނީ
އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނީގެ ފަރާތުން އެމީހުންގެ ގިނަ އުފެއްދުންތަކެއް ނެރެފައިވާއިރު ޚާއްޞަކޮށް އެޕަލްގެ ސްމާޓް ފޯންތައް ދުނިޔޭގެ މާކެޓްގައި ރަސްކަންކުރަމުން އަންނައިރު މިފަހަރަކަށް އައިސް އެކުންފުނީގެ ފޯންތަކުގައި ވެސް މައްސަލައުޅޭކަމަށް މިވަނީ ފާހަގަކުރެވިފައެވެ. އެފަދަ ޝަކުވާތައް ކަސްޓަމަރުންގެ ފަރާތުން އެޕަލް ކުންފުންޏަށް އަންނަނީ ކުރަމުންނެވެ. އެގޮތުން އައިފޯން 11 ގެ ޑިސްޕްލޭ މައްސަލަތަކެއް ދިމާވާހަކަމަށް ބައެއް ފަރާތްތަކުން މިވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ އެހެން ބައެއް ކުންފުނިތަކުން ނެރޭ ބައެއް ފޯނުތަކެކޭވެސް އެއްފަދައިން އެޕަލްގެ އައިފޯން 11 ގެ ބައެއް ފޯންތަކުގެ ސްކްރީންގައި ޓަޗް ކުރުމުގައި މައްސަލަ އެއް އުޅޭކަމަށް އެޕަލް ކުންފުނިންވެސް ވަނީ އެއްބަސްވެފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެގޮތުން އެޕަލް ކުންފުނިން މިހާރު ނިންމާފައިވަނީ ޓަޗް މައްސަލަ ދިމާވެފައިވާ އައިފޯން 11 ގެ ޑިސްޕްލޭ އެކުންފުނީގެ ފަރާތުން ހިލޭ ބަދަލުކޮށްދޭ ގޮތަށެވެ.
އެޕަލްއިން ދާދިފަހުން ފަހުންވަނީ އެކަމަށްޓަކައި އެކުންފުނީގެ ފަރާތުން “ރީޕްލޭސްމެންޓް” ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ލާންޗްކޮށްފައެވެ. އެޕަލް އިން ބުނެފައިވަނީ އެގޮތަށް ޓަޗްގެ މައްސަލަ ޖެހޭކަމަށް ފާހަގަކުރެވިފައިވަނީ ވަރަށް ކުޑަ ޕަސަންޓޭޖެއް ކަމަށެވެ. ނަމަވެސް ކުންފުނީގެ ފަރާތުން ބެލުމަށްފަހު އައިފޯން 11 ގެ ކޮންމެ ފޯނެއްވެސް ޓަޗް މައްސަލަ އުޅޭނަމަ އެމީހުން ހިލޭ އެކަން ފިކްސް ކޮށްދޭނެކަމަށް ކުންފުނިންވަނީ ޢާއްމުކޮށް އިޢުލާންކޮށްފައެވެ.
އެޕަލްއިން ބުނީ ޑިސްޕްލޭ މައްސަލަ ދިމާވަނީ 2019 ނޮވެމްބަރާއި، 2020 މޭ އާއި ދެމެދު އުފެއްދި ފޯނުތަކަށް ކަމަށެވެ. އެހެންކަމުން ތިބާ ގެ އައިފޯން 11 ގެ ޑިސްޕްލޭ މައްސަލަ އުޅޭނަމަ އަވަހަށް އުފެއްދި ތާރީޚް ޗެކް ކޮށްލާށެވެ.
ރިޕްލެސްމެންޓް ޕްރޮގްރާމަށް އެލިޖިބަލް ތޯ ޗެކްކޮށްލުމަށް އެޕަލްގެ ރަސްމީ ސައިޓަށް ޒިޔާރަތްކޮށްލުމަށްފަހު އެސައިޓްގައިވާ ޚާއްޞަ ގޮޅީގައި ތިބާގެ ފޯނުގެ ސީރިއަލް ނަމްބަރު ޖަހާލުމަށްފަހު ސަބްމިޓްކޮށްލާށެވެ. އޭރުން އެލިޖިބަލް ވާނަމަ އެކަން އެކަން އެނގޭނެއެވެ.
އެޕަލް ކުންފުނިންބުނެފައިވަނީ ރިޕްލެސްމެންޓް ޕްރޮގްރާމަށް އެލިޖިބަލް ކޮންމެ ފޯނެއްވެސް ރަނގަޅުކޮށްލުމަށްބޭނުން ނަމަ އެޕަލްގެ އޮތޮރައިޒްޑް ސަރވިސް ސެންޓަރަކަށް ވަޑައިގަތުމުން އެކަން ފަސޭހަކަމާއެކު ހަމަޖެހިގެންދާނެކަމަށެވެ.
އެކުންފުނީގެ އޮތޮރައިޒްޑް ސަރވިސް ސެންޓަރުތަކާއި، އެޖެންޓުން ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި މިހާރުވަނީ ޤާއިމް ކޮށްފައެވެ.

