ޓެކްނޮލޮޖީ

ބިލް ގޭޓްސް އެލޮން މަސްކަށް: މާސްއަށް ނުދޭ!

މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް، މާސްއަށް ކުރާ ދަތުރުތަކަށް ފައިސާ ޚަރަދު ނުކުރުމަށް އެދި މަހުޖަނު އީލޮން މަސްކުއަށް އިލްތިމާސްކޮށްފިއެވެ.

ބީބީސީގެ ރިޕޯޓަރު އަމޯލް ރާޖަން އަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވީ މާސްއަށް ދިއުމަށް ފައިސާ ޚަރަދުކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ދުނިޔެމަތީގައި ހައްލު ކުރަން ޖެހޭ އިތުރު މައްސަލަތައް ހުރުމުން ކަމަށެވެ. ގޭޓްސް ވިދާޅުވީ މާސްއަށް ދިއުމުގެ ޚަރަދު ވަރަށް ބޮޑު ކަމަށާއި ހަމަ އެ އަދަދަށް ހިމަބިހީގެ ވެކްސިން ގަނެގެން ފުރާނަ ތަކެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ފޯބްސް އިން ބުނާ ގޮތުގައި 105 ބިލިއަން ޑޮލަރަށް ވުރެ ގިނަފައިސާ އޭނާގެ މާލިއްޔަތުގައި ހުރި ގޭޓްސް ވަނީ ސްޕޭސް އެކްސްގެ ބާނީ އީލޮން މަސްކް އެންމެ ފަހުން ވޮރެން ބަފޭޓާއި ޖެފް ބެޒޯސް ފަދަ ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންގެ ސަފުތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ގޭޓްސް ގަބޫލުކުރައްވާ ގޮތުގައި މަސްކްގެ އިލެކްޓްރިކް ވެހިކަލް ކުންފުނި ޓެސްލާއިން ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރަނގަޅު އަސަރެއް ކުރެ އެވެ. އެކަމަށްޓަކައި އޭނާ ތައުރީފް ކުރެއްވިއެވެ.

ގޭޓްސް ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައި މަސްކްގެ މުސްތަގުބަލާ މެދު އުއްމީދު ކުރައްވާ ކަމަށާއި ކޮންމެވެސް ދުވަހަކުން އޭނާ ވެގެންދާނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ވަރަށް ބޮޑު މީހަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އީލޮން މަސްކް އަކީ މުންސަނދިންގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ މީހަކަށްވިޔަސް ހިލޭސާބަހަށް މަސައްކަތްކުރާ ނުވަތަ ޗެރިޓީތަކަށް އެހީވާ ލިސްޓުގައި މަސްކްގެ ނަން އުޅެނީ ވަރަށް ފަހަތުގައެވެ.

އެއް ކޮމެންޓް

  1. Hiley saabahah masahkai kuraa fund thakah alhaa laari dhefuh fenna gothakah haradhukuraa thaneh nufeney, ethan thanah dhey laari ge varah madhu minvareh fageerunnaa hisaabah foaranee, 90% ah vureh bodu baeh haradhuvanee thi fund thah hingaa veringe jeebah administration costs ey kiyaafa, mi vaahaka elon musk ethah faharaku dhahkaafa vey, adhi dhefuh fenna gothah hisaaabuthah public kohggen hingaa fund akah buni adhadhakah faisaa dheyn thahyyarah huri vaahaka ves haama kuri

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close