ފޭސްބުކުން ފޮނުވާ މެސެޖް އަންސެންޑް ކުރެވޭ ގޮތް ހަދައިފި
ފޭސްބުކް މެސެންޖަރއިން ބައެއް ފަހަރަށް ފޮނުވާ މެސެޖް ނުފޮނުވުނު ނަމެއޭ ވަރަށް ގިނަ ފަހަރު ހިތަށް އަރާނެއެވެ. އަދި އެމެސެޖް އެމީހާ ނުބަލަނީސް ޑިލީޓް ކޮށްލެވޭނެނަމައޭ، ނުވަތަ އަންނަރުޅީގައި ފޮނުވާލެވުނު މެސެޖެކޭ ، އެމެސެޖް މިހާރު ބޭނުމީ ފުހެލާށޭ ، ބައެއްފަހަރު ބައެއް މީހުންގެ ހިތަށް އަރާނެއެވެ. ނަމަވެސް މީގެ ކުރިން މެސެންޖަރއިން ފޮނުވާ މެސެޖް އަނެކާއަށް ލިބުމުގެ ކުރިން އެ ނުފެންނަ ގޮތެއްހެދޭނެ ފީޗަރއެއް ނީންދެއެވެ. ނަމަވެސް މިހާރު ފޭސްބުކުން މިވަނީ މިކަމަށް ހައްލެއް ގެނެސްދީފައެވެ.
ފޭސްބުކުން ހާމަ ކުރާ ގޮތުގައި ފޭސްބުކް މެސެންޖަރގެ އައިއޯއެސް އަދި އެންޑްރޮއިޑް ވާޝަންތަކަށާއި، އަދި ޑެސްކްޓޮޕް މެސެންޖަރއިންވެސް (ފަހުގެ އަޕްޑޭޓްގައި) މެސެޖް ފޮނުވި ފަރާތްތަށް މެސެޖް ރައްދު ވުމުގެ ކުރިން ޑިލީޓް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިގޮތުން މެސެޖް ފޮނުވާތާ 10 މިނެޓް ތެރޭ މެސެޖް ފޮހެލެވޭނެ ކަމަށް މެސެންޖަރގެ އައު އަޕްޑޭޓްގައި ބުނެއެވެ. އަދި މި އަޕްޑޭޓްގައި ފޮޓޯ މެސެޖް އާއި، ޓެކްސްޓް މެސެޖް އަދި ފައިލް ފަދަ ތަކެތިވެސް އަންސެންޑް ކުރެވޭނެއެވެ.
ފޭސްބުކްއިން މިފަދަ އަޕްޑޭޓްއެއް ނެރެފައި މިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. އަދި މީގެ ދުވަސްތަކެއް ކުރިން ފޭސްބުކްގެ ބާނީ އަދި ސީއީއޯ މާކް ޒްކާބާރގްގެ އަމިއްލަ ފޭސްބުކް އައިޑީއިން ފޮނުވާ މެސެޖްތައް ފޮހެލާ ކަމަށްވަނީ އަޑުފެތުރިފައެވެ. ބެލެވޭ ގޮތުގައި މިފީޗަރ މީގެ ކުރިން ބައެއް އެކައުންޓްތަކަށްވަނީ ތަޢާރަފް ކުރެވިފައެވެ.

