ޚަބަރު

ފުލުހުންނަށްވެގެން ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަން 15 ދުވަސް ދީފި


ޕުލުހުންނަށް ވެގެން ގެސްޓް ހައުސްއަކަށް ވަދެ ފޭރުނު މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.

މާލޭ މަޖީދީމަގުގައި ހުންނަ ފަރިވާ ސްޓޭއަށް 3 މީހަކު ވަދެ، ޕޮލިސް އިންޓެލިޖެންސްއިން ކަމަށްބުނެ އެތަނުގެ 3 މުވައްޒަފަކު ބަނދެ ކްލިޕް އަޅުވައި ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގޮސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ވައްކަމާއި ފޭރުމަކީ މާލޭގައި އާންމު ވެފައިވާ ކުށެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close