ޚަބަރު

ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފި

ކޮވިޑް-19 ޖެހިގެން ދ. އަތޮޅު ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ނިޔާވި މައްސަލަ ފުލުހުން ބަލަމުންދާތީ އެތަހުގީގު ނިމެންދެން ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފިއެވެ.

ކޮވިޑް-19 ޖެހިގެން އެ ރިސޯޓުން ނިޔާވި މީހާގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަން މީޑިއާއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް އަންނަނީ އެކަމުގައި ރިސޯޓުގެ އިހުމާލެއްވޭތޯ ބަލަމުންނެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދ. މާ އެނބޫދޫ، އާދަމް ނަސީރުއެވެ. ނަސީރުގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނި ބަލިބޮޑުވުމުގެ ސަބަބުން، ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓަށް އަންގާ، ފަރުވާއަށް މާލެއަށް ދިއުމަށް އެދުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް މެނޭޖްމެންޓު ޓީމުން ދީފައި ނުވާކަމުގެ ތުހުމަތުތަކެއް އާއިލާއިންވަނީ ކޮށްފައެވެ.

ނަމަވެސް މިމައްސަލައިގައި ރިސޯޓުންވަނީ ބަލިމީހާ ބޭސްފަރުވާ އަށް ފޮނުވުން ލަސްކޮށް، އިހުމާލުވި ކަމުގެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.

އެއް ކޮމެންޓް

  1. ރިސޯޓުތަކުގެ އޯނަރުންގެ އަޅުންނަށް އެތަނުގެ ހާއްސަކޮށް ދިވެހި މުވައްޒިފުން ހަދާފަ އޮންނަނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close