ޚަބަރު

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކަމަށް ރަސްމީކޮށް އެނގިފައެއްނެތް – ސަރުކާރު

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވިޔަސް އެ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށް މޯލްޑިވްސް ފޮރިންގެ އެފެއާރޒްއިން ބުނެފިއެވެ.

ފޮރިންގ މިނިސްޓްރީއިން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފައެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމުގެ ޚަބަރުތައް މީސް މީޑިއާގައި ފެތުރެމުންދާއިރު، ލަންކާއިން ކަނޑުމަހުގެ ބާވަތްތައް އެތެރެ ކުރުން މަނާކޮށްފައިވާކަމަށް ބުނާ ލިޔުމެއްވެސް މީސް މީޑިއާގައިދަނީ ދައުރުވަމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close