ޚަބަރު

ކުރީގެ އަނބިމީހާގެ އަނގަޔަށް ލައްފިލުވާ އެޅި މީހާގެ މައްޗަށް ތިން ދަޢުވާއެއް ކޮށްފި

ކުރީގެ އަނބިމީހާގެ އަނގަޔަށް ލައްފިލުވާ އެޅި މީހާގެ މައްޗަށް ތިން ދަޢުވާއެއް ކޮށްފިއެވެ.

ދައުވާ އުފުލާފައިވަނީ ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށެވެ. އޭނާގެ މައްޗަށްވަނީ މީހަކު ގަސްތުގައި މަރާލުމަށް ކެމިކަލެއް އަނގަޔަށް އެޅިމައްސަލައާއެކު  3 ދަޢުވާއެއް ކުރުމަށް އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު އަންހެނަކަށް މަރުގެ އިންޒާރުދީ، އަނިޔާކޮށް، އެ އަންހެންމީހާގެ އަނގަޔަށް ބާރުގަދަ ކެމިކަލެއް (ފާހާނާ ފަދަ ތަންތަން ސާފުކުރުމަށް ބޭނުންކުރާ ކެމިކަލެއް) އަޅައި، އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ، މަރާލަން އުޅުނު މައްސަލާގައި، އެ އަންހެންމީހާގެ ކުރީގެ ފިރިމީހާ، ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށް ދަޢުވާ ކުރުމަށް ރ. އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގަައިވާ ގޮތުގެ މަތީން ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދަޢުވާ އާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

މި ދަޢުވާތައް ރ. އަލިފުށި، ކަސްތޫރިގެ، ޢަލީ އަމީންގެ މައްޗަށް ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ގޮތުންވެސް 12 އަހަރުގެ ޖަލުޙުކުމެއް އިއްވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close